ދިވެހިރާއްޖެ
އިޢުލާން
ތިރީގައި މިދަންނަވާ ދާއިރާއިން ކުރުމުއްދަތުގެ ކޯސް ހދ. ހަނިމާދޫގައި އޮގަސްޓު 2016 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޖާގަ |
މުއްދަތު |
ކޯހުގެ ނަން |
18 |
6 މަސް |
ސެޓުފިކެޓު 3 އިން އިލެކްޓްރިޝަން (ހދ. ހަނިމާދޫ) |
ކޯހުގެ ޝަރުޠު
މައިގަނޑު ޝަރުޠު
ހ. ގްރޭޑް 7 ފުރިހަމަކޮށްފައިވުން، ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
އެހެނިހެން ޝަރުޠު
ށ. 18 އަހަރުވެފައިވުމާއެކު 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އިނގިރޭސި، ދިވެހިބަހުން ލިޔަންކިޔަން ދަތުން.
ވީމާ، މި ކޯހުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމު މޯލްޑިވްސް ޕޮލިޓެކްނިކް، އިން ފޯމު ނަންގަވާ ނުވަތަ މި ތަނުގެ ވެބްސައިޓް www.polytechnic.edu.mv އިން އެޕްލިކޭޝަން ފޯމު ޑައުންލޯޑްކުރައްވާ ފުރިހަމަކުރެއްވުމަށްފަހު 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 15:00 ކުރިން މޯލްޑިވްސް ޕޮލިޓެކްނިކަށް ފޯމު ހުށަހެޅުމަށް އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ލިބިފައިވާ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯ ކޮޕީ ހުށަހެޅުމަށް އެދެމެވެ. އަދި ކޯހުގައި ޖާގަ އޮތްނަމަ ކޯސް ފެށުމުގެ ކުރިން ހުށަހަޅާ ފޯމުތައްވެސް ބަލައިގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންވާ ފަރާތްތަކުން ފޯނު 3305404، 3305406، 3305411 ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
9 ޝައްވާލް 1437