މަސައްކަތް
ނަންބަރު: GS-14/IUL/2016/07
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:27
ސުންގަޑި:
19 ޖުލައި 2016 11:00
ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
މި މަރުކަޒުގެ ހޯލް (8 ކްލާސްރޫމް) ހިމެނޭ ޢިމާރާތުގެ ދިޔަދޮވި، ނަލަފިލާ ނަގައި އަލުން ނަލަފިލާ އަދި ދިޔަދޮވި ލައިދޭނެ ފަރާތެއް ބޭނުންވެގެންކުރި އިޢުލާނަށް އިޖާބަދެއްވާފައިވަނީ އެއް ފަރާތުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 11:00 އަށް މި މަރުކަޒުން ދޫކުރާ އަންދާސީހިސާބު ފޯމުގައި ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފާރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
6 ޝައްވާލް 1437
11 ޖުލައި 2016