މަސައްކަތް
ނަންބަރު: IAS/MIS/2016/1302
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:21
ސުންގަޑި: 18 ޖުލައި 2016 10:30
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ސީޕްލޭން ބޭސްގައި ޕްލެޓްފޯމުތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން

އިޢުލާން

މިކުންފުނީގެ ފަރާތުން އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހިންގާ ސީޕްލޭން ބޭސްގައި ޕްލެޓްފޯމުތަކެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅުންނަށް މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުން 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 10:30ގައި އައިލެންޑް އޭވިއޭޝަންގެ މައިއޮފީސް މ.ރާވެރިގެ (މަޖީދީމަގު) ގައި އޮންނާނެއެވެ. އަދި އިޢުލާނުގައި ބަޔާން ކުރެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑްހުށަހެޅުމަށް ބޭއްވޭ ބިޑް ސެޝަން 2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 10:30ގައި މިއޮފީހުގައި އޮންނާނެއެވެ.

އިސްވެ ބަޔާން ކުރެވިފައިވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ. އަދި ކަނޑައެޅިފައިވާ ގަޑީގެ ފަހުން ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް މިސެޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

7 ޝައްވާލް 1437

12 ޖުލައި 2016