ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)420-AS/242/2016/25
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:52
ސުންގަޑި: 25 ޖުލައި 2016 13:30
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

މަޤާމުގެ ބާވަތް: ވަގުތީ (ކޮންޓްރެކްޓް އުސޫލުން)

މަޤާމުގެ ރޭންކް: އެސް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް ގްރޭޑް 1

ޑިވިޜަން: އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް މުނިސިޕަލް ސަރވިސް

މުސާރަ: މަހަކު -/4000 ރުފިޔާ

ސަރވިސް އެލަވަންސް: -

ލިވިންގ އެލަވަންސް: -

އެހެނިހެން އެލަވަންސް: -

އޯވަރޓައިމް އެލަވަންސް: -

ބޭނުންވާ އަދަދު: 1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

- އަސާސީ ތަޢުލީމުގެ ފެންވަރަށް ތަކެތިދަތުމާއެކު، މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.

- ގިނަވަގުތު މަސައްކަތްކުރެވޭ މީހަކަށްވުމާއި، މިފަދަ މަސައްކަތް ކުރެވޭނެ ޞިއްޙަތެއްހުރި މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ރަތަފަންދޫ ގޮނޑަށް އުކާލެވޭ ކުނިތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެމަތިން މެނޭޖުކޮށް ބެލެހެއްޓުމާއި، އަންދާލަންޖެހޭ ކުނި، އާންމުންނަށް އުނދަގޫނުވާނެ ގޮތެއްގެ މަތިން އެންދުމާއި، ގަވާއިދާ ޚިލާފަށް ގޮނޑަށް ކުނިއެޅުނަ ނުދިނުމާއި، ގަވާއިދާ ޚިލާފުވާ ފަރާތްތައް ކައުންސިލްގެ އިދާރާއަށް ރިޕޯޓްކުރުމާއި، އެފަދަ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ޖުލައި 25 ވާ ހޯމަދުވަހުގެ 13:30 ގެ ކުރިން، ހުވަދު އަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

2. ސަރުކާރު / އަމިއްލަ ފަރާތަކަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް)

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން: 

- ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ: %38)

- މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ: %8)

- އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ: %54)

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 2016 ޖުލައި 31 ވާ އާދީއްތަ ދުވަހު، ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6840016 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 7929316 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.

7 ޝައްވާލް 1437

12 ޖުލައި 2016