މަސައްކަތް
ނަންބަރު: (IUL)418-AS/418/2016/39
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:03
ސުންގަޑި: 18 ޖުލައި 2016 13:00
ހުވަދުއަތޮޅު ދެކުނުބުރީ ނަޑެއްލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުބައްތި ދަނޑި ޖަހަންޖެހޭ ސަރަޙައްދުތަކުގައި ބައްތިދަނޑި ހަރުކުރުމަށްފަހު ރޯޑްލައިޓް ފިކުސްޗަރާއި ލައިޓް ހަރުކޮށް ވައިރުކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހޯދުން:

މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް 15 މަގުބައްތި އަމިއްލަ ތަކެތީގައި ތައްޔާރުކޮށް ބައްތިދަނޑި ޖަހަންޖެހޭ ސަރަޙައްދުތަކުގައި ބައްތިދަނޑި ހަރުކުރުމަށްފަހު މި އިދާރާއިން ހަވާލުކުރާ ރޯޑްލައިޓް ފިކުސްޗަރާއި ލައިޓް ހަރުކޮށް އަމިއްލަ ތަކެތީގައި ވައިރުކޮށް ނިންމައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)418-AS/418/2016/37 އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތުކަރުދާސް ފުރިހަމަ ނޫންކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް، އިތުރަށް މަޢުލޫމާތުކަރުދާސް ފުރިހަމަކޮށް، އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ، މަތީގައި ބަޔާންކުރެވުނު މަސައްކަތްތައް އަމިއްލަ ތަކެތީގައްޔާއި މި އިދާރާއިން ހަވާލުކުރާ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ލިޔުމަކުން މި އިދާރާއަށް އަންގަންވާނެއެވެ.

މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ބަލައިގަތުން ތިރީގައި މިދަންނަވާ ގަޑިތަކުގައި މި އިދާރާގައި އޮންނާނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީހިސާބު ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "15 މަގުބައްތި ތައްޔާރުކޮށް ބައްތިދަނޑި ހަރުކޮށް ވައިރުކޮށް ދިނުމަށް" މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ގަޑިޔަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

  1. މަޢުލޫމާތު ސާފުކޮށްދިނުން:      2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 13:00 ގައި.
  2. އަންދާސީހިސާބު ބަލައިގަތުން:     2016 ޖުލައި 24 ވާ އާދީއްތަ ދުވަހުގެ 13:00 ގައި.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

09 ޝައްވާލް 1437

14 ޖުލައި 2016