ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-LBS2/138/2016/97
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 09:58
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތުގެ ކުރެހުމާއެކު ހުށަހަޅަންޖެހޭ ސޮފްޓް ކޮޕީތަކާބެހޭ

އިޢުލާން

ޢިމާރާތުގެ ކުރެހުމާއެކު ހުށަހަޅަންޖެހޭ ސޮފްޓް ކޮޕީތަކާބެހޭ

ޢިމާރާތްކުރުމުގެ ހުއްދައަށާއި ޢިމާރާތަށް ބަދަލުގެނައުމުގެ ހުއްދައަށް އެދި، ޢިމާރާތުގެ ކުރެހުންތައް ހުށަހަޅާއިރު، މުޅި ކުރެހުން ސެޓުގެ ޕީ.ޑީ.އެފް ފައިލާއި ކުރެހުންތަކުގެ ތެރެއިން ފްލޯރ ޕްލޭންތަކާއި ޑޯ ވިންޑޯ ޝެޑިއުލްގެ އޮޓޯކެޑް ފައިލް ހުށަހެޅުމަށް މާލޭ ޕްލޭނިންގ ގަވާއިދު (ނަންބަރު R-192/2015) ގެ އިތުރުބައިގައި ބަޔާންވެގެންވެއެވެ. ކުރެހުންތަކުގެ ސޮފްޓް ކޮޕީ ހުށަހަޅާއިރު، ގިނަ ފަރާތްތަކުން، ކުރެހުންތަކުގެ ފުރިހަމަ ފައިލު ހުށަހަޅުއްވާފައި ނުވާކަން ފާހަގަކުރެވެއެވެ.

ވީމާ، މި އިޢުލާން ގެޒެޓުކުރެވޭ ދުވަހުން ފެށިގެން ޢިމާރާތްކުރުމުގެ ހުއްދައަށާއި ޢިމާރާތަށް ބަދަލުގެނައުމުގެ ހުއްދައަށް އެދި ހުށަހަޅުއްވާ ފޯމުތައް ބަލައިގަނެވޭނީ، މުޅި ކުރެހުން ސެޓްގެ ޕީ.ޑީ.އެފް ފައިލާއި ކުރެހުންތަކުގެ ތެރެއިން ފްލޯރ ޕްލޭންތަކާއި ޑޯ ވިންޑޯ ޝެޑިއުލްގެ އޮޓޯކެޑް ފައިލު ހުށަހެޅުމުންކަން އާންމުކޮށް އަންގައި ޢިއުލާން ކުރީމެވެ.

9 ޝައްވާލް 1437

14 ޖުލައި 2016