ދިވެހިރާއްޖެ
އިޢުލާން
މި އިދާރާއަށް ޕިކަޕެއް ހޯދުމާބެހޭ:
މި އިދާރާއަށް 1.5 ޓަންގެ އައު ޕިކަޕެއް ގަނެދީ، އެ ޕިކަޕް މި ރަށު ( ގއ.ދާންދޫ ) ގެ ޖެޓީއާ ހަމަޔަށް ގެނެސްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 ޖުލައި 2016 ވަނަ ދުވަހު 14:00 ގެ ކުރިން ޕްރޮޕޯޒަލް/ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި ޕްރޮޕޯޒަލް/ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ތިރީގައި މިދަންނަވާ މަޢުލޫމާތްތައް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
- ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ފުރިހަމަ މަޢުލޫމާތު (ނަމާއި އެޑްރެސް، ގުޅޭނެ ފޯން ނަންބަރު، އީމެއިލް އެޑްރެސް، ފެކްސް ނަންބަރު)
- ޕިކަޕުގެ ކުލަފޮޓޯ ދެ އަރިމަތިންނާއި ކުރިމަތިން އަދި ފަހަތުން
- ޕިކަޕުގެ ބްރޭންޑާއި އިންޖީނު ބްރޭންޑް އަދި ސްޕެސިފިކޭޝަން
- ޕިކަޕްގެ ވޮރެންޓީ ޕީރިއަޑެއް ވާނަމަ އެކަން
- ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓާއި ރޯޑްވާދިނަސް ހަދައިދިނުމާއި ޕިކަޕް ރަޖިސްޓަރީ ކުރުމާއި ރަޖިސްޓަރީ ކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު
މި އިދާރާއިން ބަލާނެ ކަންތައްތައް
- އިކޮނޮމިކް ޑިވިލޮޕްމެންޓްގައި ރަޖިސްޓަރީވެގެން ގަވާއިދުން ހިންގާ ކުންފުންޏެއްތޯ
- ހުށަހަޅާ އަންދާސީހިސާބު 30 ދުވަހުގެ ކުރިން ކެންސަލްކޮށްގެން ނުވާނެއެވެ.
އަގު ހުށަހެޅުން
- އަގު ހުށަހަޅާފައި ހުންނަންވާނީ ދިވެހިރުފިޔާއިންނެވެ.
- އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅަންވާނީ ދިވެހިބަހުންނެވެ.
- ރޯޑްވާދިނަސް ހެދުމަށް ބޭނުންވާ އެންމެހައި ޑޮކިއުމަންޓާއި ރޯޑްވާދިނަސް ހަދައިދިނުމާއި ޕިކަޕް ރަޖިސްޓަރީ ކުރުމާއި ރަޖިސްޓަރީ ކުރުމަށް ހިނގާ ޚަރަދުގެ ތަފުސީލު
- ޕިކަޕް ގަންނަން ހިނގާނެ ޚަރަދާއި އިމްޕޯޓް ޑިއުޓީ އާއި ކްލެއަރެންސް ފަދަ ޚަރަދުތައް
- މި އިދާރާގެ ނަމުގައި ޕިކަޕް ރަޖިސްޓަރީކޮށް ނިންމުމަށްފަހު ގއ.ދާންދޫ ޖެޓީއަށް ގެނެސް ދެވޭނެ އަގު
- މަތީގައި ދެންނެވިފައިވާ އުސޫލާ ޚިލާފަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެ ކަމުގައި ދަންނަވަމެވެ.
މާކްސް ދެވޭގޮތުގެ ތަފުސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީން އަންދާސީހިސާބުތައް އިވެލުއޭޓްކުރުމަށްފަހު، އަންދާސީހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާ ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި އެއްވެސް ޝަކުވާއެއް އޮތްނަމަ، މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
|
80% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
|
10% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
|
10% |
މަސައްކަތް ނިންމާ މުއްދަތު |
އަންދާސީހިސާބު ހުށަހެޅުމާއި ބަލައިގަތުން
- އަންދާސީހިސާބު ޕްރޮޕޯޒަލް މި އިދާރާގެ ނަންބަރު: 6820026 ފެކްހަށް ފެކްސްކޮށްދެއްވުން އެދެމެވެ. އަދި މީގެ އިތުރުން [email protected] އަށް މެއިލް ކުރެވިދާނެއެވެ. އަދި ފެކްސްކުރާ ފަރާތްތަކާއި އީމެއިލް ކުރާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6820126 އަށް ފޯނުކޮށް އެކަން ކަށަވަރުކުރަންވާނެއެވެ. މި ގޮތުން ކުރެވޭ ފެކްހާއި އީމެއިލް ފަދަ ތަކެތި ބަލައިގަނެވޭނެ އެންމެ ފަހު ގަޑިއަކީ 25 ޖުލައި 2016 ވަނަ ދުވަހުގެ 14:00ގެ ކުރިންނެވެ.
ވީމާ، މިކަމާ ގުޅިގެން އަންދާސީހިސާބުގެ ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ހަވާލުކުރެވޭނީ ތިރީގައި މިދަންނަވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
07 ޝަޢުބާން 1437