ދިވެހިރާއްޖެ
އިޢުލާން
އެސްޓީއޯ ގއ. ވިލިގިނލީ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެ.
އެސްޓީއޯ ގއ. ވިލިގިނލީ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލް ކޮށްދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
މަސައްކަތުގެ ވެރި ފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ރަޖިސްޓަރީކުރުން: ރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ޖުލައި 20 ވާ ދުވަހު 09:00 ގެ ކުރިން އެސް.ޓީ.އޯ ގއ. ވިލިގިނލީ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ.
ބީލަން ކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ޖުލައި 20 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.
މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ޖުލައި 21 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ގއ. ވިލިގިނލީ ފިހާރައިގައި އޮންނާނެއެވެ.
ސުވާލާއި ޖަވާބު: ރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 އޮގަސްޓް 02 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުވަންވާނެއެވެ. އަދި 2016 އޮގަސްޓް 03 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ.
ބީލަންކަރުދާސް: ބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮގަސްޓް 09 ވަނަ ދުވަހު 14:00 ގައި އެސް.ޓީ.އޯ ގއ. ވިލިގިނލީ ފިހާރައިގައެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:
ފޯނު: 3344196, 3344321
ފެކްސްް: 3344633
އީމެއިލް: [email protected]