ދިވެހިރާއްޖެ
މި މިނިސްޓްރީގެ ނަންބަރު (IUL)30-E/30/2016/51 އިޢުލާނަށް އައި ބަދަލަކާ ގުޅިގެން އިސްވެދެންނެވުނު އިޢުލާން ބާޠިލުކޮށް، ތިރީގައި ހިމެނޭ ގއ. އަތޮޅުގެ ފަޅުރަށްތައް ވަރުވާއަށް ހިފުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލި ވާހަކަ ދަންނަވަމެވެ.
- ގއ. ހުރެންދޫ 17. ގއ. ކުދެބޮންޑެއްޔާ
- ގއ. ހުޅިމެންދޫ (ހުޅަމެންދޫ) 18. ގއ. ފުނަދޫ
- ގއ. ހަގެވިއްލާ 19. ގއ. ފުޅަދޫ (ފަރެހުޅަދޫ)
- ގއ. ހަގެދޫ 20. ގއ. ކުޑަލަފަރި
- ގއ. ރިބިދޫ 21. ގއ. ކޮޑޭވިލިނގިލި
- ގއ. ބޭރުމާއްޑޫ (ބޭރުމައުއްޑޫ) 22. ގއ. ކޮޑަގެފުއްޓާ
- ގއ. ބަބެރާހުއްޓާ 23. ގއ. އަރައިގަތްތާ
- ގއ. ގަލަންދޫ 24. ގއ. ފެނެހުއްޓާ (ފެންފުށި)
- ގއ. މާކަނާރަޓާ 25. ގއ. ވިލިގަލާ
- ގއ. ބާވަނަދޫ 26. ގއ. މާރެހާ
- ގއ. ބޯއްޑޫ 27. ގއ. މައްތިދޫ
- ގއ. ބޮޑުފުއްޓާ (ބޮޑުހުއްޓާ) 28. ގއ. އޮޑަގައްލާ
- ގއ. ކަޅެހުއްޓާ 29. ގއ. މާދިގުވަރު
- ގއ. ކަނޑުވިލިނގިލި 30. ގއ. މާގެފުއްޓާ
- ގއ. ކިއްސެރެހާ 31. ގއ. މެލައިމު
- ގއ. ކުނބުމާފުށި 32. ގއ. އިދިމާ
ބިޑްފޯމު ވިއްކުން ހަމަ ޖެހިފައިވަނީ 13 ޖުލައި 2016 (ބުދަ) ދުވަހުން ފެށިގެން 31 ޖުލައި 2016 (އާދީއްތަ) ދުވަހުގެ ނިޔަލަށް، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:00 އަށް މި މިނިސްޓްރީންނެވެ.
ބިޑް ފޯމެއްގެ އަގަކީ -/20 (ވިހި) ރުފިޔާއެވެ.
މަޢުލޫމާތު ދިނުމާއި ޕްރޮސެސިންގ ފީ ބަލައިގަތުމާއި ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުތައް ތިރީގައި މިވަނީއެވެ.
މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚު |
31 ޖުލައި 2016 |
ޕްރޮސެސިންގ ފީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތާރީޚު |
1 އޮގަސްޓު 2016 އިން 4 އޮގަސްޓު 2016 އަށް |
ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚު |
11 އޮގަސްޓު 2016 |
ފޯމު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ހުށަހެޅުން އޮންނާނެ ތަނާއި ގަޑި މި މިނިސްޓްރީން ފަހުން އިޢުލާން ކުރާނެ ވާހަކަ ދަންނަވަމެވެ.