ވަޒީފާގެ ފުރުޞަތު
ނަންބަރު: MTCC-HRAD/IU/2016/113
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:10
ސުންގަޑި: 21 ޖުލައި 2016 14:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

އިންޓަރނޭޝަނަލް ޓަގުގައި މަސައްކަތްކުރާ މުވައްޒަފުންގެ ރަޖިސްޓަރީއަށް ހުޅުވާލުން:

މި ކުންފުނީގެ ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ އިންޓަރނޭޝަނަލް ޓަގުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް، ވަގުތީ ކޮންޓްރެކްޓްގެ ޢުސޫލުން މަސައްކަތްކުރާނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވައިލުމަށް ބޭނުންވެއެވެ.

#

މަޤާމް

މަސްދުވަހުގެ ޖުމުލަ މުސާރަ (ރުފިޔާއިން)

1

މާސްޓަރ

29500.00

2

ޗީފް އިންޖިނިއަރ

26000.00

3

ސެކަންޑް އިންޖިނިއަރ

24000.00

4

ޗީފް އޮފިސަރ

25000.00

5

ވޮޗްކީޕިންގ އޮފިސަރ

22000.00

6

ބޯސަން                      

12500.00

7

އޮއިލަރ                      

10500.00

8

ވެލްޑަރ                      

11000.00

9

އޭބަލް ބޮޑީ                      

10500.00

10

ކައްކާ                      

11000.00

ވީމާ، މި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރި ތިރީގައި މިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ދަފުތަރުގައި ނަން ނޯޓުކުރެއްވުމަށް 14-21 ޖުލައި 2016 ގެ 10:00 ން 14:00 އާ ދެމެދު ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓަށް (އެމް.ޓީ.ސީ.ސީ ޓަވަރ – 2 ވަނަ ފަންގިފިލައަށް) ވަޑައިގެން ދެއްވުން އެދެމެވެ. 

ޝަރުޠު:

މަޤާމުގެ ކޮމްޕީޓެންސީ ސެޓުފިކެޓު ލިބިފައިވުން.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ގަވާއިދާ އެއްގޮތަށްވާގޮތަށް ހޯދަންޖެހޭ ސެޓުފިކެޓުތަކާއި ހަދަންޖެހޭ ތަމްރީންތައް ހަދާފައިވުން.

އުމުރުން 60 އަހަރަށްވުރެ މަތީފަރާތަކަށް ނުވުން.

މަސައްކަތަށް ޝައުޤުވެރިކަން ހުރި ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގެ ބާވަތް:           ވަގުތީ

ޑިޕާޓްމަންޓް:            ލޮޖިސްޓިކަލް އޮޕަރޭޝަންސް ޑިޕާޓްމަންޓް

މަސައްކަތްކުރަންޖެހޭ ތަން:    އިންޓަރނޭޝަނަލް ޓަގު (މާލެ/އިންޑިއާ/ސްރީ ލަންކާ /މެލޭޝިޔާއާ ދެމެދު ދަތުރުކުރާ ޓަގު)

އެހެނިހެން ޢިނާޔަތް:        ވޮޔޭޖް އެލަވަންސް -/500ރ. ކޮންމެ ދަތުރެއް ނިމުމުން.

08 ޝައްވާލް 1437

 

 

 

13 ޖުލައި 2016