ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-AF/221/2016/13
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 25 ޖުލައި 2016 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

(ބޭނުންވާ ޢަދަދު: 01 (އެކެއް

ރޭންކު: GS-1

އަސާސީ މުސާރަ: މަހަކު -/3,565 ރ

ސަރވިސް އެލަވަންސް: މަހަކު -/1,500 ރ

ނޮން ޕްރެކްޓިސިންގ އެލަވަންސް: މުސާރައިގެ %35

 

:މަގާމުގެ ޝަރުތުތައް

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން.

 

މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

 

 

  • އޮފީހަށް އަންނަ ސިޓީ، ފެކްސް އަދި އީ-މެއިލް ފަދަ ތަކެތި އެންޓްރީކޮށް ސެކްޝަންތަކަށް ޙަވާލުކުރުން.
  • އޮފީހަށް އަންނަ ފޯންކޯލްތައް ކަމާބެހޭ ސެކްޝަންތަކަށް ފޮނުވުން.
  • އޮފީހުގެ ފަރާތުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީއާއި އެހެނިހެން ތަކެތި އެތަންތަނަށް ގެންދިއުމާއި އޮފީހަށް ތަންތަނުން ގެންނަން ޖެހޭ ސިޓީއާއި އެހެނިހެން ތަކެތި ގެނައުން.
  • އޮފީހުން އެކި ސެކްޝަނަށް ހަވާލުކުރެވޭ ލިޔެކިޔުމާއި ތަކެތި ސެކްޝަންތަކަށް ހަވާލުކުރުން.
  • އޮފީހުގެ ސްޓޮކް ބެލެހެއްޓުން.
  • އޮފީސް ހުޅުވާ ލެއްޕުން.

:އުޖޫރަޔާއި ޢިނާޔަތްތައް

 

  • ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު -/3,000 (ތިން ހާސް) ރުފިޔާ ދެވޭނެއެވެ. 

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން

މަތީގައިވާ މަޤާމަށް މީހަކު ނެގުމުގައި މި ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ހާލަތުތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.

:ހުށަހަޅަންޖެހޭ ލިޔުންތައް

 

  • ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ ހުށައަޅާ ފަރާތްތަކުގެ އެޕްލިކޭޝަންތައް ގަބޫލުކުރެވޭނެއެވެ.)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ކުރިން ވަޒީފާއެއްގައި އުޅެފައިވާނަމަ އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުތައް، އަދި ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނޭ ފަދަ ރަސްމީ ލިޔުމެއް.

:ސުންގަޑި

  • މި މަޤާމުތަކަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއެކު 25 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

:އިތުރު މައުލޫމާތު

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3013115، 3006724 އިން ސާފުވާނެއެވެ.
12 ޖުލައި 2016