މަސައްކަތް
ނަންބަރު: (IUL)461-AS/1/2016/18
ޕަބްލިޝްކުރި ތާރީޚް: 13 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 20 ޖުލައި 2016 13:00
ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓް

މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދުމަށް

ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހާންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް ޑޭޓާބޭސް ހެދުމަށް ނެޝަނަލް ކޮންސަލްޓަންޓެއް ބޭނުންވެއްޖެއެވެ.

މަޤާމު:       ކޮންސަލްޓަންޓް

ބޭނުންވާ އަދަދު:   1 (އެކެއް)

ފެންވަރު ނުވަތަ ޝަރުތު:

މި މަޤާމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވެބްސައިޓްގެ  http://eedp.moe.gov.mv/#/ "ޑައުންލޯޑްސް" އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން: މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 ޖުލައި 2016 ގެ 13:00 ގެ ކުރިން އެދުރުހިޔާ އިމާރާތުގެ 09 ވަނަ ފަންގިފިލާއަށް ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓަށް އެޑްރެސްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3341220 އަށް ގުޅުއްވުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލުވާނެ ވާހަކަ ދެންނެވީމެވެ.

އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށެވެ:

އަޒްހާ ޒަމީރު

އެސިސްޓަންޓް ޑައިރެކްޓަރ

ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް

09 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 3341220

އީމެއިލް: [email protected]

މަޤާމަށް ހޮވުން: - މި މަސައްކަތަށް ބޭފުޅަކު ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލު، ޖަނަވަރީ 2011 " ގައި ވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު: - މި މަސައްކަތާގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ ނަންބަރު  3341220 އާ ގުޅުއްވުން އެދެމެވެ.

13 ޖުލައި 2016