ވަޒީފާގެ ފުރުޞަތު
ނަންބަރު: I-2016/167
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 18 ޖުލައި 2016 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސުޕަވައިޒަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސުޕަވައިޒަރ

ވަޒީފާގެ ދާއިރާ:

ޕްރޮޖެކްޓްސް ޕްލޭނިންގ އެންޑް އިމްޕްލިމެންޓޭޝަން ޑިޕާޓްމަންޓް

ބޭނުންވާ އަދަދު:

01

މުސާރައާއި އެލަވަންސް އަދި އިތުރުގަޑީގެ ފައިސާ:  

މަހަކު -/8,400ރ. އާއި -/13,000ރ. އާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:

ސިވިލް އިންޖިނިއަރިންގގެ ދާއިރާއިން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއި، މަސައްކަތާ ގުޅޭ ދާއިރާއަކުން 06 މަސްދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި  AutoCAD ބޭނުންކޮށްގެން މަސައްކަތްކުރަން އެނގޭ ފަރާތެއް ކަމުގައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

މިކުންފުންޏަށް ބޭނުންވާ ޕްރޮޖެކްޓްތައް ޑިޒައިންކޮށް، އެއާ ގުޅުންހުރި ކުރެހުންތައް ތައްޔާރު ކުރުމާއި، ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކުރުން، އަދި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަށް ސިވިލް ދާއިރާއިން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. 

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތު ހަމަވާ ތާރީޚު:

2016 ޖުލައި 18 ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް، 2016 ޖުލައި 18 ވަނަ ދުވަހުގެ 15:00 ގެ ކުރިން ހުށަހެޅުން އެދެމެވެ.

އިންޓަރވިއު:

އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުން:

  1. ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

މި ވަޒީފާތަކަކީ ކޮންޓްރެކްޓް އުސޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާތަކެކެވެ. ނަމަވެސް، ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި، ކުންފުނިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.

06 ޝައްވާލް 1437

 

11 ޖުލައި 2016