މުބާރާތް
ނަންބަރު: (IUL)160-A/1/2016/93
ޕަބްލިޝްކުރި ތާރީޚް: 12 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 08:20
ސުންގަޑި: 11 އޮގަސްޓް 2016 13:30
ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ޝައިޚާ ފާޠިމާ ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު

ޝައިޚާ ފާޠިމާ ބިންތު މުބާރަކް ދުބާއީ ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތުގެ ދަޢުވަތު

ދުުބާއީގައި 2016 ވަނަ އަހަރު ސެޕްޓެންބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި އަންހެން ބޭފުޅަކު ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށްވަނީ ލިބިފައެވެ. މި މުބާރާތުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅަކަށާއި އޭނާގެ އަރިހުގައި ވަޑައިގަންނަވާ މަޙްރަމަކަށް ޓިކެޓް ޚަރަދާއި، ހުރުމުގެ ޚަރަދު ޔުނައިޓެޑް ޢަރަބި އެމިރޭޓްސްއިން ދެއްވާގޮތަށް ވަނީ ހަމަޖެހިފައވެ.

ބައިވެރިވުމުގެ ޝަރުޠު

  1. މުޅި ޤުރްއާން ތަޖުވީދުގެ ހަމަތަކާއެކު ހިތުދަސް އަންހެނަކު ކަމުގައިވުން.
  2. 01 ޖަނަވަރީ 2016 އަށް 25 އަހަރު ފުރިފައިނުވުން.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިއަކު ހޮވުމަށް ބޭނުންވާތީ މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކުން 11 އޮގަސްޓު 2016 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މިކަމަށް އެދި ޤުރުއާނާބެހޭ މަރުކަޒަށް ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

07 ޝައްވާލް 1437

12 ޖުލައި 2016