ވަޒީފާގެ ފުރުޞަތު
ނަންބަރު: MNU-HR/2016/219
ޕަބްލިޝްކުރި ތާރީޚް: 11 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:04
ސުންގަޑި: 18 ޖުލައި 2016 12:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 5,956/80 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,552/92 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ސެންޓަރ ފޮރ އޯޕަން ލާރނިންގ

ގްރޭޑް:

4

ސްޕައިން ޕޮއިންޓް:

18

މަގާމުގެ ޝަރުތު:

 

  1. މަސައްކަތުގެ ދާއިރާއިން އެމް.ކިޔޫ.އޭގެ ލެވެލް 5/6 ގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ  ހޯދާފައިވުން. ނުވަތަ،
  2. އެމް.ކިޔޫ.އޭގެ ލެވެލް 4 ގެ ސެޓުފިކެޓެއް ލިބިފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 2 އަހަރުދުވަހުގެ ތަޖުރިބާ ހޯދާފައިވުން. ނުވަތަ،
  3. ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯމަލް ޓްރޭނިންގއާއެކު( ލިބިފައިވުން.

އެޑްމިން އޮފިސަރގ މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެޑްމިން އޮފިސަރ ގްރޭޑް 2 ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 4,668/61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000/83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ބިޒްނަސް ސްކޫލް

ގްރޭޑް:

2

ސްޕައިން ޕޮއިންޓް:

10

މަޤާމުގެ މަސްއޫލިއްޔަތު:

 1- ހަވާލުކުރެވޭ ކޯސްތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން މިގޮތުން:

  • ފޮޓޯކޮޕީ ހެދުން
  • ބޭނުންޖެހިއްޖެ ނަމަ ކިޔަވައިދޭން ބޭނުންކުރާ މެޓީރިއަލް ސްކޭން / ބައިންޑް ކުރުން
  • ސްޓަޑީ މެޓީރިއަލް ޕެކްކޮށް، ފޮނުވުމުގެ އިންތިޒާމު ހަމަޖެއްސުން
  • ދަރިވަރުންނާ ގުޅުން / އެސް.އެމް.އެސް ކުރުން
  • ޕާޓްޓައިމް ލެކްޗަރަރއިންގެ ޓިކެޓް ބުކުކޮށް ދަތުރުގެ އެންމެހައި އިންތިޒާމު ހަމަޖެއްސުން
  • ޕޭޝީޓް ހަދައި، ސީ.އޭ އަށް ފޮނުވުމާއި އޭގެ ފޮލޯއަޕް ހެދުން
  • ބްލޮކް ކްލާސްތަކަށް ތައްޔާރުވުމުގައި ކޯސްކޯޑިނޭޓަރަށް އެހީތެރިވުން
  • ޕާޓް ޓައިމް ލެކްޗަރަރ އިންގެ މާކްޝީޓް ހެދުން
  • ކޯސް ކޯޑިނޭޓަރާ ގުޅިގެން ދަރިވަރުންގެ ރެކޯޑްތައް ބެލެހެއްޓުން
  • ސަބްޖެކްޓް އިވެލުއޭޝަން ހެދުން
  • ކުއްލިއަކަށް ދިމާވާ ކަންކަމުގައި ކޯސްކޯޑިނޭޓަރަށް އެހީތެރިވުން
  1. ދަރިވަރުން" ޖެމް" އާ ގުޅިގެން ހުށަހަޅާ މައްސަލަތައް ކޯސް ކޯޑިނޭޓަރުންނާ ގުޅިގެން ހައްލުކުރުމަށް މަސައްކަތްކުރުން.
  2. އިމްތިޙާނުތައް އިންވިޖިލޭޓް ކުރުން.
  3. ހަފުތާ ބަންދާއި އެނޫނަސް ބަންދުގަޑިތަކުގައި ބާއްވާ ކްލާސްތަކާ ގުޅިގެން އޮފީސް ހުޅުވައިގެން އިނުން.
  4. ކަނޑައެޅޭ ތާވަލާ އެއްގޮތަށް ރަސްމީދުވަސްތަކުގައި އޮފީސް ހުޅުވައި ލެއްޕުން.
  5. ކެމްޕަސްތަކަށް ފޮނުވާ ތަކެތި ބޯޓްފަހަރަށް ލައި ފޮނުވުމާއި، ކެމްޕަސްތަކުން މާލެއަށް ފޮނުވާ ތަކެތި އޮފީހަށް ގެނައުން. ކުއްލިއަކަށް ދިމާވާ ކަންކަމުގައި މި ސެންޓަރު ހިންގަން ހުންނަ މީހަކު އަންގައި ކަންކަން ކުރުން.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުންނާއި ތިރީގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ލިބެން ހުންނާނެއެވެ.

 http://mnu.edu.mv/images/downloads/Job%20Application.pdf

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓު:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާ ފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:   

2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، ވަޒީފާގެ އެއްބަސްވުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، އުވާލައި މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345409 ނަންބަރު ފޯނާއެވެ.
11 ޖުލައި 2016