ދިވެހިރާއްޖެ
އިޢުލާން ވަޒީފާގެ ފުރުޞަތު: |
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމް: |
GS 3 |
މަޤާމުގެ ރޭންކް: |
2 (ދޭއް) |
ބޭނުންވާ އަދަދު: |
ސުޕްރީމް ކޯޓް |
މަސައްކަތްކުރަންޖެހޭ ތަން: |
މަހަކު -/4465 ރުފިޔާ |
އަސާސީ މުސާރަ: |
މުސާރައިގެ އިތުރުން، ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/1500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %50 އާއި، ލިވިންގ އެލަވަންސްގެގޮތުގައި މަހަކު -/3000 ރުފިޔާ (ތިންހާސް ރުފިޔާ) އާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އެލަވަންސްތައް. |
މި މަޤާމަށް ލިބޭ އެލަވަންސް: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން، ނުވަތަ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިއުމާއެކު، GS 2 ގެ ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. އަދި ރަސްމީ ދުވަހާއި ބަންދު ދުވަސްތަކުގައިވެސް ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން. |
އަސާސީ ޝަރުޠު: |
1- އޮފީހަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ނަގަންޖެހޭ ހުއްދަނެގުމުގެ ކަންތައް ހިންގައި ބެލެހެއްޓުން. 2- އޮފީހަށް ހޯދަންޖެހޭ ތަކެތި ހޯދައި، އެތަކެތި ބަލައިގަނެ، ހަވާލުކުރަންޖެހޭ ފަރާތްތަކާ ހަވާލުކޮށް، އޭގެ ރިކޯޑު ބެލެހެއްޓުން. 3- ގަވާއިދާ އެއްގޮތަށް އިންވެންޓްރީ ބެލެހެއްޓުން. 4- އިޢުލާންކޮށްގެން ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން. 5- މަސައްކަތުގެ އެއްބަސްވުންތައް ލިޔެ ތައްޔާރުކުރުން. 6- އިމާރާތް މަރާމާތުކުރުމުގެ އެންމެހައި ކަންތައްތައް ގަވާއިދާ އެއްގޮތައް ކުރުން. 7- ސުޕްރީމް ކޯޓުގެ ހުރިހާ އުޅަނދުތަކުގެ އެންމެހައި އިދާރީ ކަންތައްތައް ބެލެހެއްޓުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
1- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 2- އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީގެ އަސްލު. 3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީގެ އަސްލު. 4- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީގެ އަސްލު (އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ) |
ހުށަހަޅަންޖެހޭ ތަކެތި: |
މި މަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޯޓުގެ ވަޒީފާއަށްއެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، މި ކޯޓަށް ފޮނުވުން އެދެމެވެ. |
ސުންގަޑި: |
1- މި މަޤާމަށް ހުށަހެޅޭ ލިޔުންތަކާއި އިންޓަވިއުއަށް ބަލައި، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެކަމަށް ފެންނަ ފަރާތެއްކަމަށް ފާހަގަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. 2- އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. 3- އިންޓަވިއުއަށް ހޮވޭ މީހުން އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާފައިވާ ލިޔުންތައް ޗެކްކޮށް، އަސްލާ އެއްގޮތްކަން ކަށަވަރުކުރެވޭނެއެވެ. 4- މިކޯ ޓުގެ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކޯޓުގެ ވެބްސައިޓުގެ އެޑްރެހަކީ، www.supremecourt.gov.mv އެވެ. އަދި ބޭނުންވާ ފަރާތްތަކަށް މި ކޯޓުގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ. |
އިތުރު މަޢުލޫމާތު: |
4 ޝައްވާލް 1437