ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2016/173
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:17
ސުންގަޑި: 17 ޖުލައި 2016 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރެއް ބޭނުންވެއްޖެ

މަޤާމް :އޮފިސަރ
ބޭނުންވާ އަދަދު :1

ތިރީގައި މިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމު: އޮފިސަރ

މަޤާމުގެ ބާވަތް: 01 އަހަރުގެ ކޮންޓްރެކްޓް

އަދަދު: 01

އަސާސީ މުސާރަ: -/4350ރ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހެޑްއޮފީސް / ޕްރޮކިއުމަންޓް ޑިޕާޓްމަންޓް

އެހެނިހެން އިނާޔަތްތައް:

* އިތުރު އެލަވަންސް: -/2000ރ އާއި -/2700ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ލިބޭނެއެވެ.

* މަތީތަޢުލީމު ހާސިލު ކޮށްފައިވާނަމަ ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމްގެ މަސްއޫލިއްޔަތު:

* މެޑިކަލް ޕަރޗޭސް ރިކްއިސިޝަންސް ތައްޔާރުކޮށް ފޮނުވުމާއި އަދި ތަކެތި ގެންގޮސްދިނުމާ ދޭތެރޭ ހިނގާ ހުރިހާ މަސައްކަތްތައް ކުރުން

* އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން

ތަޢުލީމާއި ތަޖުރިބާ:

* ޖީސީއީ އޯލެވެލްގެ 2 މާއްދާ އަަދި އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހިން "ސީ" ފާހަށްވުރެ މަތިން ލިބިފައިވުން

* މައިކްރޯސޮފްޓް އެކްސެލް އަދި ވާރޑް ބޭނުންކުރަން އެނގުން

* އިނގިރޭސި އަދި ދިވެހިބަހުން މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓުލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސްރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑްއޮފީސް
  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345
  • ފޯން: 3344261 ވެބްސައިޓު: www.sto.mv
10 ޖުލައި 2016