މަސައްކަތް
ނަންބަރު: GS104-A/IUL/2016/09
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:06
ސުންގަޑި: 14 ޖުލައި 2016 13:00
ޅައިމަގު ސްކޫލް/ ށ.ޅައިމަގު
ދިވެހިރާއްޖެ
ފާޚާނާ މަރާމާތުކޮށްދޭނޭ ފަރާތެއް ހޯދުމަށް

އިޢުލާން

ދަރިވަރުން ބޭނުންކުރާ 4 ފާޚާނާ މަރާމާތުކުރުން:

މި ސްކޫލުގެ ދަރިވަރުން ބޭނުންކުރަމުން އަންނަ 4 ފާޚާނާ، އަމިއްލަ ތަކެތީގައި މަރާމާތު ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2016 ޖުލައި 14 ވަނަ ދުވަހުގެ 13:00 އަށް މި ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި ވަޑައިގަންނަވާ ފަރާތްތަކުން އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަންވާނެއެވެ. ބިޑު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ 2016 ޖުލައި 21 ވަނަ ދުވަހުގެ 13:00 އަށް ޅައިމަގު ސްކޫލް އޮފީހަށެވެ. މަޢުލޫމާތު ސާފުކުރުމަށާއި، ބިޑު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ. 

28 ރަމަޟާން 1437

03 ޖުލައި 2016