މަސައްކަތް
ނަންބަރު: L6MC-D/2016/05
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 14 ޖުލައި 2016 10:30
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެއަރކޮންޑިޝަނެއް ނައްޓައި އާ އެއަރކޮންޑިޝަނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި ކޯޓުގައި ބަހައްޓާފައިހުރި 9000 ބީ.ޓީ.ޔޫ ގެ އެއަރކޮންޑިޝަނެއް ނައްޓައި އާ އެއަރކޮންޑިޝަނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު ހިއްޕަވައިގެން މި ކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. ކުންފުންޏެއްގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.

03 ޖުލައި 2016