މަސައްކަތް
ނަންބަރު: (IUL)309 /309/2016/54
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 13 ޖުލައި 2016 10:15
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެއެއް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ރ. އިނގުރައިދޫގައި ހިނަވާގެއެއް ޢިމާރާތްކުރުމާ ގުޅޭ

ރ. އިނގުރައިދޫގައި ހިނަވާގެއެއް އިމާރާތްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 10:15 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 10:15 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ މުއްދަތު ހަމަނުވާ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހަޅަނީ ކުންފުންޏަކުންނަމަ، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކަށް ނުވާނަމަ، ކުންފުނީގެ ފަރާތުން ފޮނުވާ ފަރާތެއްކަން އަންގައިދޭ ކުންފުނީގެ ލިޔުމެއް އަދި އަމިއްލަ ފަރުދެއްނަމަ، ބަދަލުގައި ފޮނުވި ފަރާތެއްކަން އަންގައިދޭ ލިޔުމަކާއި ހާޒިރުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުއްވުމަށް އެދި ދެންނެވީމެވެ.

ތިރީގައި ބަޔާން ކުރެވިފައިވާ ޙާލަތްތަކުގައި އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

  • މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބުތައް
  • ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީހިސާބުތައް
  • ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް
  • މަޢުލޫމާތުތައް ފުރިހަމަނުވާ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީހިސާބުތައް ބާޠިލުވާނެއެވެ.

ހުށަހަޅާ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދެވޭނެގޮތް

  1. މަސައްކަތުގެ އަގަށް: %80 (ކުޑަ އަގެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
  2. މަސައްކަތުގެ މުއްދަތު: % 10 (ކުރު މުއްދަތެއް ހުށަހަޅާ ފަރާތަކަށް ގިނަ މާކްސް ލިބޭނެއެވެ.)
  3. މަސައްކަތުގެ ތަޖުރިބާ: % 10     

- ތަޖުރިބާގެ ގޮތުގައި ބަލައިގަނެވޭނީ، ޢިމާރާތްކުރުމާއި ޢިމާރާތް މަރާމާތުކުރުމުގެ ނުވަތަ ކާޕެންޓްރީ މަސައްކަތުގެ ފިނިޝިންގ ވާރކްސްއެވެ.

- ތަޖުރިބާ ހުރިކަމަށް ބަލައިގަނެވޭނީ، މަސައްކަތް ކޮށްދެވުނު ފަރާތުގެ ރެފަރެންސް ލެޓަރއަށް ބަލާފައެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:30 ން މެންދުރުފަހުގެ 2:00 އާ ދެމެދު މި އިދާރާގެ ނަންބަރު 6580028 ފޯނަށެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.  

28 ރަމަޟާން 1437

03 ޖުލައި 2016