ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ހެލްތު އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ރޭންކް: |
އެމް. އެސް. 1 |
މަޤާމުގެ އަސާސީ މުސާރަ: |
މަހަކު -/5,610 ރުފިޔާ |
||
ސަރވިސް އެލަވަންސް: |
މަހަކު -/2,500 ރުފިޔާ |
||
ވަޒީފާ އޮތް އޮފީސް: |
ހުޅުދެލީ ސްކޫލް |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ހުޅުދެލީ ސްކޫލް / ދ. ހުޅުދެލި |
||
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ޝަރުޠު:
ވަޒީފާގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެމަތީން ތިރީގައިމިވާ ޝަރުޠުތަކުން ޝަރުޠެއް ފުރިހަމަވުން.
1. ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
2. ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
3. ހެލްތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
މައިގަނޑު މަސްއޫލިއްޔަތުތައް:
- ސެޝަނުގެ ތެރޭގައި ކުދިންނަށް ދިމާވާ ޞިއްޙީ މައްސަލަތަކުގައި އަވަސް ފަރުވާ ދިނުމާއި، ކަނޑައެޅޭ އުސޫލެއްގެމަތިން ސްކޫލުގެ ހުރިހާ ކުދިންގެ އާންމު ޞިއްޙަތު ޗެކުކޮށް، އެކަމުގެ ރިކޯޑު ބެލެހެއްޓުން.
- ސްކޫލުގައި ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެގޮތުން ހިންގޭ ޕްރޮގުރާމްތައް ރާވައިގެން ކުރިއަށްގެންދިޔުން.
- ފަސްޓް އެއިޑް ފޮށީގައި އަބަދުވެސް ތަކެތި ހަމައަށް ބެހެއްޓުން.
- ފާޚާނާތަކުގެ ސާފުތާހިރުކަން ބަލައި، ފާޚާނާގެ ނިޒާމު ހުރީ ރަނގަޅަށްތޯ ބަލައި ޗެކުކޮށް، ކަމާބެހޭ ފަރާތަށް މަޢުލޫމާތު ދިނުން.
- ސްކޫލުގެ ހެލްތު ސްކުރީން ޕްރޮގުރާމް ހިންގައި ރިޕޯޓު ތައްޔާރުކޮށް ފޮނުވުން.
- ސްކޫލުގެ ބޯފެން ޓެސްޓް ކުރުމާއި، ސާފުތާހިރު ބޯފެން ދަރިވަރުންނަށް ލިބެންހުރިތޯ ޗެކުކޮށް ކަށަވަރުކޮށް ސްކޫލުގެ އިސްވެރިންނަށް އެންގުން.
- މުދައްރިސުންނާއި، ބެލެނިވެރިންނާއި، ދަރިވަރުންގެ ޞިއްޙީ މައްސަލަތަކަށާއި ބޭނުންތަކަށް ހޭލުންތެރިކުރުވުމަށް ޕްރޮގްރާމްތައް ހިންގުން.
- ރަނގަޅު ކާނާއާބެހޭ މަޢުލޫމާތު ދަރިވަރުންނަށް ފޯރުކޮށްދިނުން.
- މީގެ އިތުރުން، ސްކޫލުގެ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްކުރުން.
- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ސުކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުން.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ދ. ހުޅުދެލީ ސްކޫލުން، ބަންދު ނޫން ކޮންމެ ދުވަހަކު ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް:
އިތުރުގަޑީގައި މަސައްކަތްކުރަންޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
- ހަވާލުކުރެވޭ މަސައްކަތް ނިންމާގޮތާއި، ޕާރފޯމަންސަށް ބަލައިގެން.
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް ހަމަޖެހިފައިވަނީ، އިންޓަވިއު ކުރުމަށް ފަހުގައެވެ. އެހެންކަމުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 1 ހަފްތާގެ ތެރޭގައި އިންޓަވިއު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު އޮންނާނީ، ހުޅުދެލީ ސްކޫލުގައެވެ.
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް އެކަންޏެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
- ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ހުޅުދެލީ ސްކޫލުގެ އޮފީހަށެވެ.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2016 ޖުލައި 20 ވާ ބުދަ ދުވަހުގެ 14:00 އެވެ.
ނޯޓު:
މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހުޅުދެލީ ސްކޫލުގެ 7952918 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
29 ރަމަޟާން 1437