މަސައްކަތް
ނަންބަރު: 368/IUL/2016/27
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:23
ސުންގަޑި: 18 ޖުލައި 2016 11:30
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗް އަދި ލެވެލިންގ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، މ. ދިއްގަރު ފުޓްސަލްދަނޑު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ފުޓްސަލްދަނޑުގެ ލައިޓިންގ، ކާނު، ބެންޗް އަދި ލެވެލިންގ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި އިދާރާގެ ނަންބަރު: 368/IUL/2016/23 (14 ޖޫން 2016) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅުމަށް ހާޒިރުވެފައިވަނީ 2 ފަރާތުންކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް އެ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ އެންމެހާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތުދިނުމުގެ ބައްދަލުވުން

ޖަލްސާކުރާ މާލަމް

18 ޖުލައި 2016

ހޯމަ

11:30

އަންދާސީހިސާބު ހުށަހެޅުން

ޖަލްސާކުރާ މާލަމް

21 ޖުލައި 2016

ބުރާސްފަތި

11:30

މަޢުލޫމާތުދިނުމުގެ ސެޝަނަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

28 ރަމަޟާން 1437

03 ޖުލައި 2016