މަސައްކަތް
ނަންބަރު: (IUL)257/257/2016/49
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:20
ސުންގަޑި: 14 ޖުލައި 2016 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓުބޯޅަދަނޑުގެ ވަށާފާރު ރާނައި ފެންސުޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިރަށުގެ ދެކުނު ފުޓުބޯޅަދަނޑުގެ ވަށާފާރު ރާނައި ފެންސުޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 13:00 އަށް މަސައްކަތްކުރެވޭނެ އަގާއި މުއްދަތު ބަޔާންކޮށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.          

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016