ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2013/445
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2013
ޕަބްލިޝްކުރި ގަޑި: 15:39
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

      މި ކޮމިޝަނުގެ ނަންބަރު (A)CA-2013/240 (24 ޖޫން 2013) ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

2013 ސެޕްޓެންބަރު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސި އިންތިޚާބުގައި ނ. ވެލިދޫގައި ބަހައްޓާ 3 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް މިހާރު ހަމަޖެހިފައިވަނީ ނ. ވެލިދޫ "ރަންވެލީ" (ރަށްވެހިގެ) ގައެވެ. އެހެންކަމުން މިދެންނެވި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ނ.ވެލިދޫ

"ރަންވެލި" (ރަށްވެހިގެ)

މި ފޮށްޓަށް ވޯޓުލާނީ ވެލިދޫ ރާވެރިންމަގުގެ އިރުން އެމަގުގެ ދެކުނަށް ހަވީރީހިނގުމާ ހަމަޔަށް، ހަވީރީހިނގުމުގެ ދެކުނުން ހުޅަނގަށް ޝިފާގޯޅިއާ ހަމަޔަށް، ޝިފާގޯޅީގެ އިރުން ދެކުނަށް ކިނާރާމަގާ ހަމަޔަށް، ކިނާރާމަގުން ހުޅަނގަށް އެ މަގުގެ ދެކުނުން ރަށުގެ އިރުދެކުނު ސަރަޙައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ މީހުންނެވެ.

ނ.ވެލިދޫ - 3

D03.13.3

1      

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

12 ޝައްވާލް  1434

19 އޮގަސްޓް 2013