ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: 144-A3/2016/483
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 11:02
ސުންގަޑި: 14 ޖުލައި 2016 13:30
ސިވިލް ކޯޓު
ދިވެހިރާއްޖެ
ކާރެއް ގަތުމަށް

އިޢުލާން

މި ކޯޓުގެ ބޭނުމަށް މަޒްޑާ ޑެމިއޯ (MAZDA DEMIO) ބްރޭންޑުގެ ކާރެއް ގަންނަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ޖަސްޓިސް ބިލްޑިންގގެ 2 ވަނަ ފަންގިފިލާގައި ހުންނަ ކައުންޓަރަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް ޖަސްޓިސް ބިލްޑިންގގެ 2 ވަނަ ފަންގިފިލާގައި ހުންނަ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016