ޢާންމު މަޢުލޫމާތު
ނަންބަރު: (A)CA-2013/446
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2013
ޕަބްލިޝްކުރި ގަޑި: 15:38
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން

މި ކޮމިޝަނުގެ ނަންބަރު (A)CA-2013/249 (23 ޖޫން 2013) ގެ އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން 

    2013 ސެޕްޓެންބަރު 7 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ވޯޓުފޮށިތަކުގެ ތެރެއިން، ސްރީލަންކާގެ ކޮލަމްބޯގައި ބެހެއްޓުމަށް ހަމަޖެހިފައިވާ W03.1.1 ނަންބަރު ވޯޓުފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންގެ އަދަދު 1200 މީހުންނަށް ވުރެ އިތުރުވެފައިވާތީ، އެ ވޯޓުފޮށްޓަށް ވޯޓުލުމަށް ވަޑައިގަންނަވާ ފަރާތްތަކަށް ފަސޭހަކަމާއެކު ވޯޓުލެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ކޮލަމްބޯގައި އިތުރު ވޯޓުފޮށްޓެއް ބެހެއްޓުމަށް ހަމަޖައްސައިފީމެވެ. މި ގޮތަށް ހަމަޖެހުމުން،  ސްރީލަންކާގެ ކޮލަމްބޯގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 2 ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

High Commission of Maldives,

No.25, Melbourne Avenue, Colombo 4, Sri Lanka.

މި ފޮށްޓަށް ވޯޓުލުމަށް މިހާރު ހަމަޖެހިފައިވަނީ ސްރީލަންކާގައި ތިބި މާލެ ސިޓީގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ސްރީލަންކާ / ކޮލަމްބޯ - 1

W03.1.1

1

High Commission of Maldives,

No.25, Melbourne Avenue, Colombo 4, Sri Lanka.

މި ފޮށްޓަށް ވޯޓުލާނީ ސްރީލަންކާގައި ތިބި  އަތޮޅުތަކުގެ ރައްޔިތުންނާއި އައްޑޫ ސިޓީގެ ރައްޔިތުންގެ ތެރެއިން W03.1.1 ނަންބަރު ފޮށްޓަށް ވޯޓުލުމަށް  ރަޖިސްޓަރީކޮށްފައިވާ މީހުންނެވެ.

ސްރީލަންކާ / ކޮލަމްބޯ - 2

W03.1.2

2

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށް އިޢުލާނު ކުރީމެވެ.

12 ޝައްވާލް 1434

19 އޮގަސްޓް 2013