ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2016/60
ޕަބްލިޝްކުރި ތާރީޚް: 10 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 25 ޖުލައި 2016 14:30
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ރިސޯސް އޮޑިޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު 

މަޤާމު:

ހިއުމަން ރިސޯސް އޮޑިޓް އޮފިސަރ

ރޭންކް:

އެމް. އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

އޯޑިޓް އެންޑް އެވެލުއޭޝަން

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 2203/25 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

ހިއުމަން ރިސޯސް މެނޭޖްމަންޓް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ އޮޑިޓިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓް ކުރުމާއި، އެކަމާ ގުޅޭ ރިޕޯޓްތައް އެކުލަވާލައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  2. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓް ކުރުމާ ގުޅޭ ޕޮލިސީތަކާއި ގަވާއިދުތަކާއި އެސް.އޯ.ޕީތައް އެކުލަވާލުމާއި، ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓް ކުރުމާގުޅޭ ޕޮލިސީތަކާއި ގަވާއިދުތަކާއި އެސް.އޯ.ޕީތައް އިތުރަށް ތަރައްޤީކޮށް ގެންނަންޖެހޭ ބަދަލު ގެނައުން.
  3. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓަށް ހުށަހެޅޭ މައްސަލަތައް ބަލައި ސެކްޝަންގެ ވެރިޔާގެ ލަފާގެ މަތިން ކުރިޔަށް ގެންދިޔުން.
  4. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓްތަކުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރެއިން ކޮމިޝަނުގެ ސަމާލުކަމަށް ގެންނަންޖެހޭ ކަންތައްތައް ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމާއި އިދާރީގޮތުން އެކަންކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. ޕޯސްޓް އެމްޕްލޯއިމެންޓުގެ މަސައްކަތްތަކާއި އެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާގުޅޭ ތަފުސީލީ ދިރާސާ ރިޕޯޓްތައް އެކުލަވާލުން.
  6. ސިވިލް ސަރވިސްގެ އިދާރާތަކުގެ ޕޯސްޓް އެމްޕްލޯއިމަންޓްގައި ފާހަގަ ކުރެވޭ އާންމު ކަންތައްތަކާއި އެކަންތައް ހައްލު ކުރުމަށް ކުރެވިދާނެ ކަންތައްތައް/އެޅިދާނެ ފިޔަވަޅުތައް ބަލައި، ކޮމިޝަނާއި ސިވިލް ސަރވިސްގެ އިދާރާތަކުގެ ސަމާލުކަމަށް އެކަންތައްތައް ގެނައުން.
  7. ޕޯސްޓް އެމްޕްލޯއިމެންޓް އޮޑިޓާ ގުޅުންހުރި ކަންތައްތަކުގައި ސިވިލް ސަރވިސްގެ އިދާރާތަކާއި މުވައްޒަފުންގެ މެދުގައި ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުން.
  8. ކޮންޕްލަޔަންސް އޮޑިޓާއި ހިއުމަން ރިސޯސް އޮޑިޓާ ގުޅޭގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  9. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ޖުލައި 25 ވާ ހޯމަ ދުވަހުގެ 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު ކޮމިޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ޑައުންލޯޑު ކުރެވޭނެއެވެ).
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)  
  4. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)    

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 އޮގަސްޓު 1 އާއި 2016 އޮގަސްޓު 4 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

5 ޝައްވާލް 1437

10 ޖުލައި 2016