ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)394/394/2016/36
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 21 ޖުލައި 2016 14:00
ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން:

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:  ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ

މުސާރަ: މަހަކު -/3،100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

އިތުރު ޢިނާޔަތް: މި މަޤާމުގައި ވަޒީފާ އަދާކުރާ ފަރާތްތަކުން ރިޓަޔަމަންޓް ޕެންޝަން ސްކީމުގައި ބައިވެރިވާންޖެހޭނެއެވެ. މީގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން  އިތުރުގަޑީގެ ފައިސާއާއި،  ބަންދު ދުވަހުގެ ފައިސާއާއި، މަސައްކަތަށް ރަނގަޅުނަމަ ސިވިލް ސަރވިސްގެ މުވައްޒަފުންނާބެހޭ ގަވާއިދުގައިވާ ގޮތުގެ މަތިން ވަޒީފާގެ ކުރިއެރުން ދެވޭނެއެވެ. އަދި އަހަރީ ޗުއްޓީގެގޮތުގައި ކޮންމެ އަހަރަކު 30 ދުވަހާއި އާއިލީ ޒިންމާ ޗުއްޓީގެގޮތުގައި 10 ދުވަސް ލިބޭނެއެވެ.

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: އެސް. އެސް. 1  (ސަޕޯޓް ސަރވިސް 1)

މަޤާމުގެ ގިންތި: ދާއިމީ

ޔުނިޓް: ކޯޕަރޭޓް އެފެއާޒް

މަޤާމުގެ ޝަރުޠު:

ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

1.  އޮފީހުގެ ބެލުމުގެދަށުގައިވާ ތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

2. ރައްޔިތުންގެ ގުލްފާމްގެއާއި ގޯތިތެރެއާއި މަގު ކުނިކަހައި ސާފުކުރުން.

3. ކޮމިއުނިޓީ އީސެންޓަރ ފޮޅައި ސާފުކުރުން.

4. އޮފީހުގެ ރަސްމީ މަސައްކަތް އޮންނަ ކޮންމެ ދުވަހަކު އޮފީސް ފޮޅައި ސާފުކުރުން.

5. އޮފީހުގެ ގޯތިތެރޭގައި ބަގީޗާ ހައްދައި ބެލެހެއްޓުން.

6. އޮފީހުގެ މަސައްކަތް ހިންގުމަށް ބޭނުންކުރާ މެޝިނަރީއާއި އިކްއިޕްމަންޓް، އޮފީހުގެ ރަސްމީ މަސައްކަތްކުރާ ކޮންމެ ދުވަހަކު ފުހެ ސާފުކުރުން.

7. ސެކިއުރިޓީ އޮފިސަރ ނެތް ހާލަތްތަކުގައި އޮފީހުގެ ދިދަނަގައި ތިރިކުރުން.

8. އޮފީހުގެ ވަޅުހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން.   

9. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.

10. ކައުންސިލުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެފަރާތްތަކަށް ރައްދުކޮށްދިނުން.    

ހުށަހަޅަންޖެހޭ ތަކެތި:

1– ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ.)

2– ސިވިލް ސަރވިސް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.                     3 - ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކޮށްފައިވާ އަދި އަސްލާ އެއްގޮތް ކަމަށް ސަރުކާރުގެ އިދާރާއަކުން ތައްގަނޑު ޖައްސަވައި  ސޮއި ކުރައްވާފައިވާ) ކޮޕީ

3 – މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުން.

4 – ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފުކޮޕީ.

5– ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)

  •  ކޮޕީ ހުށަހަޅާ ހުރިހައި ލިޔުމެއްގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭނެއެވެ.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

ކޮޅުމަޑުލު އޮމަދޫ ކައުންސިލްގެ އިދާރާ.

ތަކެތި ހުށަހެޅުމުގެ ސުންގަޑި:

ތަކެތި ހުށަހަޅާނީ، 2016 ޖުލައި 21 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިންނެވެ. ތަކެތި ހުށަހަޅާނީ، ކޮޅުމަޑުލު އޮމަދޫ ކައުންސިލް އިދާރާއަށެވެ.

އިންޓަވިއު:

މި މަޤާމަށް އެދޭ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަރވިއުއާއި ޕްރެކްޓިކަލްސް  ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު، މި އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 10 ދުވަހުގެ ތެރޭގައި (އިންޓަވިއު އޮންނަ ދުވަހުގެ 1 ދުވަހުގެ ކުރިން) އަންގާނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 9114050 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016