މަސައްކަތް
ނަންބަރު: (IUL)7-ADMN/1/2016/44
ޕަބްލިޝްކުރި ތާރީޚް: 05 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:43
ސުންގަޑި: 11 ޖުލައި 2016 11:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފީސްތެރެ ފޮޅައި ސާފުކުރާނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީސް ހިނގަމުންދާ ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ އިރުމަތީ ބަޔާއި 3 ވަނަ ފަންގިފިލާގައި ހިމެނޭ އެންމެހާ ތަންތަން އެއް އަހަރުދުވަހުގެ މުއްދަތަށް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި، މި އޮފީހުގެ ނަންބަރު (IUL)7-ADMN/1/2016/36 އިޢުލާނާ ގުޅިގެން ތިންފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މި މަސައްކަތްކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން އެ ކަމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 11 ޖުލައި 2016 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުމަށްފަހު، 18 ޖުލައި 2016 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮފީހަށް އަގު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. 

05 ޖުލައި 2016