ދިވެހިރާއްޖެ
އިއުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް މިދަންނަވާ ތަކެތިގަންނަން ބޭނުންވެއްޖެ
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވލޮޕްމަންޓް އައިޓީ އިންފްރާސްޓަކްޗަރ އަޕްގްރޭޑް ކުރުމަށް 17 ނޮވެންބަރު 2015 ގައި ކޮށްފައިވާ ނަންބަރު (IUL)101-AF/1/2015/165 އިޢުލާނުގައި ހިމެނިފައިވާ ބައެއް ތަކެތި އައުޓް ޑޭޓް ވުމާ ގުޅިގެން މިހާރު މާކެޓްގައި ލިބެންހުރި ތަކެތި ހިމެނުމަށްފަހު، އަލުން އިޢުލާން ކުރީމެވެ. ވީމާ، މިތަކެތި ވިއްކުމަށް އެދޭ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
LAPTOP COMPUTER | QUANTITY: 07
SPECIFICATION:
CPU |
I3 6th Generation |
RAM |
DDR3 4GB / 1600 or Higher |
HARD DRIVE |
500GB SATA or Higher |
KEYBOARD |
USB |
MOUSE |
USB |
MONITOR |
Default |
OPERATING SYSTEM |
FREE OS |
2. ބިޑު ނުވަތަ އަންދާސީހިސާބު ހުށަހެޅުން
2.1- އަންދާސީހިސާބު ހުށަހަޅާނީ މަޢުލޫމާތުކަރުދާހާ އެކުގައިވާ "ބިޑް ހުށަހަޅާ ފޯމު" ފުރިހަމަކުރުމަށްފަހު އެފޯމާ އެކުގައި، 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް (ކޯސްޓްގާޑާ ޖެހިގެން އިރަށް ހުންނަ) އިމާރާތަށެވެ. ބިޑްއެޕްލިކޭޝަން (ފޯމު މިކަރުދާހުގައި ހިމަނާފައިވާނެއެވެ.)
-2.1 ބަޔާންކޮށްފައިވާ ބިޑް އެޕްލިކޭޝަން ފޯމު ހިމަނާފައިނުވާ ބިޑްތައް ބަލައިނުގަނެވޭނެއެވެ.
2.2- މަސައްކަތުގެ އަގު ހުށަހަޅަންވާނީ ދިވެހިރުފިޔާއިންނެވެ. އަދި ޖުމްލަ އަގު ހުށަހަޅަންވާނީ ޖީ.އެސް.ޓީ އާއި އިތުރު ޚަރަދުތައްވެސް ހިމަނައިގެންނެވެ. މިއަގުގެ ތެރޭގައި ފޮރުވިފައިވާ އެއްވެސް އިތުރު ފީއެއް ނުވަތަ ޓެކުހެއް ނުވަތަ އެއްވެސް ފަރާތަކަށް ދޭންވާ ލައިސަންސް ފީއެއް ފަދަ އެއްވެސް ފައިސާއެއް ހިމެނިގެންނުވާނެއެވެ.
2.3- ބިޑް ހުށަހަޅާއިރު އިޢުލާނުގައިވާ ސްޕެސިފިކޭޝަންގެ ތަކެތީގެ ތަފުސީލު ހިމެނޭ ސްޕެސިފިކޭޝަން ޑޮކިއުމެންޓެއް ހުށަހަޅަންވާނެއެވެ. މިކަރުދާހުގައި މޮޑެލް، ބްރޭންޑް، ޓެކްނިކަލް ޑޭޓާޝީޓް ހިމަނަންވާނެއެވެ.
2.4- ބިޑް ހުށަހަޅާ ފަރާތަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކުރެވިގެން ހިންގޭ ވިޔަފާރިއަކަށްވާންޖެހޭނެއެވެ.
2.5- އަންދާސީހިސާބު ހުށަހަޅަނީ ކުންފުނި، ޕާޓްނަރޝިޕް ނުވަތަ ކޯޕަރޭޓިވް ސޮސއިޓީ ނުވަތަ ސޯލްޓްރޭޑަރއެއްގެ ނަމުގައި ނަމަ، އެ ވިޔަފާރި ސަރުކާރުގައި ރަޖިސްޓަރީކޮށްފައިވާ ލިޔުމުގެ އަސްލާ އެއްގޮތް ކޮޕީއެއް ހުށަހަޅަންވާނެއެވެ.
2.6- އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރަ އޮންނަންވާނީ ތިރީގައިވާ ގޮތަށް އެޑްރެސްކޮށް ބޭރުގައި އިޢުލާނު ނަންބަރު ޖަހާފައެވެ.
އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ޕަބްލިކް ރިލޭޝަން ޔުނިޓް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
މާލެ، ދިވެހިރާއްޖެ
2.7- އަންދާސީހިސާބު ހުޅުވާނީ 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ކޮންފަރެންސްރޫމުގައި، ހުށަހެޅި ފަރާތްތަކުގެ ނުވަތަ އެފަރާތުން ކަނޑައެޅިފައިވާ ފަރާތްތަކާ އެއް ހާޒިރުގައެވެ.
3 . ހުށަހަޅަންޖެހޭ ތަކެތި
3.1 ބިޑް ސަބްމިޝަން ފޯމު
3.2 ކުންފުނީގެ ޕްރޮފައިލް
3.3 ޕްރޮޕޯޒަލް (ރިފަރެންސް ޑޮކިއުމެންޓާއެކު، 3.2 ގައިވާ މަޢުލޫމާތު ހިމަނައިގެން)
3.4 ހުށަހަޅާ ފަރާތުގެ ވިޔަފާރި ރަޖިސްޓަރީގެ އަސްލާ އެއްގޮތް ކޮޕީއެއް
5. މާކްސް ދިނުމަށް ހަމަޖެހިފައިވާ އުސޫލު
# |
މާކްސް ދެވޭ ކަންކަން |
މާކްސް ދެވޭ % |
ތަފުސީލު |
ފޯމިއުލާ |
|
5.1 |
އަގު |
40% |
|
Benchmark * % Submitted Price |
|
5.2 |
ސްޕެސިފިކޭޝަނަށް ދޭ މާކްސް |
30% |
|
|
|
5.3 |
ޑެލިވަރީ ކޮށްދޭނެ ކަމަށް ހުށަހެޅި މުއްދަތަށް ދެވޭ މާކްސް. |
5% |
ޑެލިވަރީ ކުރުމުގެ މުއްދަތަށް ދޭ މާކްސް ދެވޭނީ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކަނޑައެޅިފައިވާ % ހުށަހެޅި މުއްދަތުތަކުގެ މައްޗަށް ބަހާލައިގެންނެވެ. |
|
|
5.4 |
ތަކެތީގެ ވޮރަންޓީ |
15% |
|
|
|
5.6 |
މަސައްކަތުގެ ތަޖުރިބާ |
10% |
|
|
މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު:3333119 އަށް ގުޅުއްވުން އެދެމެވެ.
ނޯޓް: ބިޑް އިވެލުއޭޝަނަށްފަހު، އެއްވެސް ޝަކުވާއެއް ވާނަމަ މިމިނިސްޓްރީއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބު ދެވޭނެއެވެ.