މަސައްކަތް
ނަންބަރު: (IUL)243-S02/243/2016/29
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:50
ސުންގަޑި: 12 ޖުލައި 2016 13:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްޓޭޑިއަމްގައި 02 ފެންވަޅު ބަހައްޓައި، ފެންދޭނިޒާމެއް ޤާއިމުކުރުން

އިޢުލާން

ފުވައްމުލަކު ސްޓޭޑިއަމްގައި 02 ފެންވަޅު ބަހައްޓައި، ފެންދޭނިޒާމެއް ޤާއިމުކުރުން.

ފުވައްމުލަކު ސްޓޭޑިއަމްގައި 2 ފެންވަޅު ބަހައްޓައި ދަނޑަށް ފެންދޭ ނިޒާމު ޤާއިމު ކުރުމުގެ މަސައްކަތް ކުރުމަށް މިއިދާރާއިން ކުރި ނަންބަރު(IUL)243-S02/243/2016/25  އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރި ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައި އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކަން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016