ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)243-S02/243/2016/27
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:04
ސުންގަޑި: 11 ޖުލައި 2016 13:00
ފުވައްމުލަކު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަންނަން ބޭނުންވާ ތަކެތި

އިޢުލާން

ގަންނަން ބޭނުންވާ ތަކެތި

Detail                                         

Qty

Speaker Stand                                  

2

Speaker Cable Meridian SP215, Twin axial 2x1,

5mm 16AWG/ Dark Grey

80 Feet

Mono Jack Large Barrel

4

Cable Soldering Charge

4

680W Portable PA with Reverb-equipped

10-channel Mixer

1 SET

ވީމާ, މިތަކެތި ވިއްކަވަން ބޭނުންވެލައްވާ ފަރާތްތަކުން 2016 ޖުލައި 11 ވަނަ ދުވަހުގެ 13:00ގައި މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ.

އަންދާސީހިސާބު ހުށަހެޅުއްވުގައި ސަމާލުކަންދޭންވީ ކަންތައްތައް:                                      

  • އަންދާސީހިސާބު ހުށަހަޅުއްވާ ތަކެތި ވާންޖެހޭނީ ރާއްޖެއިން ސަރވިސްކުރުމުގެ ޚިދުމަތް ލިބެން ހުންނަ ތަކެއްޗަށެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާއިރު އައިޓަމްގެ ވަކި އަގު، އަދި ޖުމްލަ އަގު ހިމަނަންވާނެއެވެ.
  • އަންދާސީހިސާބު ހުށަހަޅުއްވާ ތަކެތި މިއިދާރާއަށް ފޯރުކޮށްދިނުމަކީ މިމަސައްކަތް ލިބޭ ފަރާތުގެ ކަމެކެވެ.
  • އަންދާސީހިސާބުގެ ޖުމްލަ އަގުގެ އިތުރުން ޖީ.އެސް.ޓީ ވަކިން ހިމަނަންވާނެއެވެ.
  • އަންދާސީހިސާބުގައިވާ ތަކެތި ސަޕްލައިކޮށްދެވޭނެ މުއްދަތު:
  • އަންދާސީހިސާބުގައި ހިމެނޭ ތަކެތީގެ ވޮރަންޓީ މުއްދަތު:
  • އަންދާސީހިސާބުގައި ހިމެނޭ ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަން (މޮޑެމް ނަންބަރު، ބްރޭންޑް، ތަކެތީގެ ތަފުސީލު)
  • ތައްޔާރުކުރާ އަންދާސީހިސާބަށް 30 ދުވަހުގެ ވެލިޑިޓީއެއް ދެއްވަންވާނެއެވެ.
  • މިކަމަށް ހޮވޭ ފަރާތުން ތަކެތި ގެންނައިރު އެއިން އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިވާނަމަ، އެތަކެތި ރިޕްލޭސް ކޮށްދެއްވަންވާނެއެވެ.

އަންދާސީހިސާބާއެކު ތިރީގައި މި ދަންނަވާ ލިޔެކިޔުން ހުށަހަޅުއްވަންވާނެއެވެ.

- ކުންފުނީގެ ޕްރޮފައިލް

- ތަޖުރިބާގެ ލިޔުން: (ވޭތުވެދިޔަ 03 އަހަރު ސަރުކާރުގެ އޮފީސްތަކަށް މިބާވަތުގެ ތަކެތި ސަޕްލައިކޮށްދިނުމުން އެފަރާތްތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލާ އެއްގޮތް ކޮޕީ)

- ކުންފުނީގެ ނުވަތަ ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރިއެއްގެ ރަޖިސްޓަރީގެ ކޮޕީ

- ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ

- އަންދާސީހިސާބު ހުށަހަޅާ ފަރާތާއި މިއިދާރާގެ ވެރިޔަކާ ޢާއިލީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތްނަމަ އެކަން އެނގޭނެ ލިޔުމެއް އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.

ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

- ހުށަހަޅާފައިވާ އަގު:                  65 ޕޮއިންޓް

- ޑެލިވަރީ މުއްދަތު                    10 ޕޮއިންޓް

- ތަޖުރިބާ:                         15 ޕޮއިންޓް

- ވޮރަންޓީ:                         10 ޕޮއިންޓް

އަގަށް ޕޮއިންޓް ދޭނީ ހުށަހަޅާފައިވާ އެންމެ ކުޑައަގަށް 65 ޕޮއިންޓް ދީ އެނިސްބަތުން ދެންހުރި އަންދާސީހިސާބުތަކަށް ޕޮއިންޓްދޭގޮތަށެވެ.

ޑެލިވަރީ  މުއްދަތަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ އެންމެ އަވަހަށް ޑެލިވަރީކޮށްދިނުމަށް ހުށަހަޅާ ފަރާތަށް 10 ޕޮއިންޓް ދީ އެނިސްބަތުން ދެންހުރި އަންދާސީހިސާބުތަކަށް ޕޮއިންޓްދޭގޮތަށެވެ.

ތަޖުރިބާއަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ މިބާވަތުގެ ތަކެތި ސަޕްލައިކޮށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރެއިން 2013 މެއިމަހުން ފެށިގެން ތަރުތީބުކޮށް 05 ލިޔުމެއް ހޮވައި، އެ 05 ލިޔުން ހަމަވާ ފަރާތްތަކަށް 15 ޕޮއިންޓް ދީ 05 ލިޔުމަށްވުރެ މަދުން ހުށަހަޅާފައިވާ ފަރާތްތަކަށް ކޮންމެ ލިޔުމަކަށް 03 ޕޮއިންޓްދޭގޮތަށެވެ.

ވޮރަންޓީއަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވަނީ އެންމެދިގު މުއްދަތަކަށް ވޮރަންޓީ ދިނުމަށް ހުށަހަޅާ ފަރާތަކަށް 10 ޕޮއިންޓް ދީ އެނިސްބަތުން ދެންހުރި އަންދާސީހިސާބުތަކަށް ޕޮއިންޓް ދޭގޮތަށެވެ. ވޮރަންޓީއަށް ޕޮއިންޓް ދޭނީ ހުށަހަޅާފައިވާ ދުވަހުގެ އަދަދަށް ބަލައިގެންނެވެ.

ހުށަހަޅާ އަންދާސީހިސާބެއް ބާޠިލު (ޑިސްކޮލިފައި) ކުރެވޭނެ ގޮތްތައް

  1. ހުށަހަޅާ އަންދާސީހިސާބުގައި މުއްދަތު ނެތުން.
  2. ހުށަހަޅާ އަންދާސީހިސާބުގައި ވޮރަންޓީ މުއްދަތު ނެތުން.
  3. ހުށަހަޅާ އަންދާސީހިސާބުގައި، އަގު ހުށަހަޅަންޖެހޭ ކަންކަމުގެ ތެރެއިން އެއްވެސް ކަމަކަށް އަގު ހުށަހެޅިފައި ނެތުން.
  4. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވުން.
  5. އަންދާސީހިސާބު ހުށަހަޅާއިރު ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާފައި ނުވުން.

29 ރަމަޟާން 1437

04 ޖުލައި 2016