ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)213-AD/1/2016/43
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 18 ޖުލައި 2016 14:00
މޯލްޑިވްސް ޕޮލިޓެކްނިކް
ދިވެހިރާއްޖެ
ސަޕްލައި އޮފިސަރ

ވަޒީފާގެ ފުުރުޞަތު

މޯލްޑިވްސް ޕޮލިޓެކްނިކަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް އިޢުލާން ކުރަމެވެ.

މަޤާމު:                           ސަޕްލައި އޮފިސަރ

ބޭނުންވާ އަދަދު:                      01

ރޭންކް:                           ޖީ.އެސް 3

ކްލެސިފިކޭޝަން :                     އޮފިސަރ ގރ. 1

މުސާރަ :                         މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް:                  މަހަކު -/1500ރުފިޔާ

ވަޒީފާއޮތް އޮފީސް:                     މޯލްޑިވްސް ޕޮލިޓެކްނިކް/ މާލެ

ގިންތި:                           ދާއިމީ

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން :          ފައިނޭންސް އެންޑް ބަޖެޓް ޕްލޭނިންގ ސެކްޝަން/ މޯލްޑިވްސް ޕޮލިޓެކްނިކް

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1- މާލެއާއި އަތޮޅުތަކުގެ ހުރި ކެންޕަސްތަކާއި އަތޮޅުތަކުގައި ހިންގާ ޓްރެއިނިންގ ޕްރޮގްރާމްތަކަށް ބޭނުންވާ ތަކެތި އެ ތަނަކަށް އެވަގުތަކަށް ބޭންވާ މިންވަރަށް ލަސްކުރުމެއްނެތި ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސަވައި މި މަސައްކަތްތައް ބަރާބަރަށް ބެލެހެއްޓުން.

2- އަތޮޅުތަކަށް ފޮނުވާ ތަކެތީގެ ރެކޯޑްސް ގަވާއިދުން ބަލަހައްޓަމުން ގެންދިއުން.

3- އަތޮޅުތަކުން ފޮނުވާ ތަކެތި އެ ފަރާތްތަކަށް ރައްދުވިކަން ކަށަވަރުކޮށް، އެ ތަކެތި އެފަރާތަކަށް ލިބުނުކަމުގެ  ލިޔުންތަކާއި ރެކޯޑްސް ބަލަހައްޓަމުން ގެންދިއުން.

4- އަތޮޅުތަކަށް ފޮނުވާ ތަކެތީގެ މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޯރުކޮށްދިނުން.

5- މޯލްޑިވްސް ޕޮލިޓެކްނިކުގެ ހަރު މުދާތަކާއި، އެހެނިހެން ތަކެތި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ހާލަތްތަކުގައި ރައްކާތެރިކަމާއެކު ގެންދިއުމުގެ އިންތިޒާމު ހަމަޖައްސަވައި މަސައްކަތް ބެލެހެއްޓުން.

6- މޯލްޑިވްސް ޕޮލިޓެކްނިކްގެ މާލެ އަދި އަތޮޅުތަކުގެ ކެންޕަސްތަކާއި، އެހެނިހެން ޓްރެއިނިންގތަކުގެ ތަކެތީގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓެވުން.

7- އޮފީހުން އަންގާ ރަސްމީ މަސައްކަތްކުރުން.

8- މޯލްޑިވްސް ޕޮލިޓެކްނިކް ތަމްސީލުކުރާ އެކިއެކި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

ޝަރުޠު:            

ތައުލީމީ ފެންވަރު:

1. އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

 ހ. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން

ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

ރ. ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބަލައިގެން.

ބ- މީގެ އިތުރުން ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން.

އިންޓަރވިއު ކުރުން.

މި މަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއު އަދި ޕްރެކްޓިކަލް އޮންނާނީ 19 އާއި 28 ޖުލައި 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ނ- މި މަޤާމުގެ އިންޓަރވިއު އަށް ވަޑައިގަންނަވާއިރު ހުށަހެޅިފައިވާފައިވާ ސެޓުފިކެޓުތަކުގެ އަސްލު އަދި ސެޓުފިކެޓުތަކުގެ އެކްރެޑިޓްކޮށްފައިވާ އަސްލު ކޮޕީ ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު) މޯލްޑިވްސް ޕޮލިޓެކްނިކްގެ ކައުންޓަރުން ލިބޭނެއެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް www.polytechnic.edu.mv  އިން ޑައުންލޯޑް ކުރެވޭނެއެވެ. 

ށ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

ނ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް

ރ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި

މިވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ މޯލްޑިވްސް ޕޮލިޓެކްނިކް / ގ.ރެހެންދިހިނގުން ( 1 ވަނަ ފަންގިފިލާ ) ކައުންޓަރަށް.

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  18 ޖުލައި 2016 ވަނަ ދުވަހުގެ 14:00 ގެ ކުރިން.

 

04 ޖުލައި 2016