ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ޕްރޮޖެކްޓް އެސިސްޓަންޓް – ނޭޝަނަލް އިމްޕްލިމެންޓިންގ އެންޓިޓީ އެކްރެޑިޓޭޝަން ޓު އެޑެޕްޓޭޝަން ފަންޑް
އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މުއާހަދާގެ ދަށުން ޤާއިމުކޮށްފައިވާ އެޑެޕްޓޭޝަން ފަންޑަށް ދިވެހިރާއްޖޭގެ ފަރާތުން ނޭޝަނަލް އިމްޕްލިމެންޓިންގ އެންޓިޓީއެއް އެކްރެޑިޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް، ޕްރޮޖެކްޓް އެސިސްޓަންޓެއް އައްޔަނުކުރުމަށް ބޭނުންވެއެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ކެންޑިޑޭޓުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.
މުއްދަތު:
މި މަސައްކަތުގެ މުއްދަތަކީ 1 (އެކެއް) އަހަރުދުވަހެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް:
-
ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު ނުވަތަ ސީ.ވީ
-
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
-
ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
-
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)
ސުންގަޑި
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 2016 އޮގަސްޓު 04 ވަނަ ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯސަލް" ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު:
ވަޒީފާގެ މަސްއޫލިއްޔަތާއި އަދި އެހެނިހެން ތަފުސީލު ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 3018329، 3018350 އަށް ގުޅުއްވުން އެދެމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ، މާފަންނު،ހަނދުވަރީ ހިނގުން،
މާލެ، ދިވެހިރާއްޖެ