ދިވެހިރާއްޖެ
އިޢުލާން
ޕްރޮޖެކްޓް ކޯޑިނޭޓަރ:
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ދަށުން ވޭސްޓް މެނޭޖްމަންޓާ ގުޅޭގޮތުން ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ހިންގަމުންދާތީ، މި މަޝްރޫޢުތައް ހިންގުމުގައި އެހީތެރިވެދިނުމަށް ޕްރޮޖްކްޓް ކޯޑިނޭޓަރެއް ޢައްޔަނުކުރުމަށް ބޭނުންވެއެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވާ ކެންޑިޑޭޓުން "ޕްރޮޕޯސަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުން އެދެމެވެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންވާ މައިގަނޑު ޝަރުޠުތައް:
ޕްރޮޖެކްޓް މެނޭޖްމަންޓް / އެންވަޔަރަންމަންޓަލް މެނޭޖްމަންޓް / ބިޒްނަސް މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއްގެ ހާސިލުކޮށްފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:
- ކުނި މެނޭޖްކުރުމުގެ ދާއިރާއެއްގައި އުޅެ މަސައްކަތުގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ޕްރޮޖެކްޓް ހިންގުމުގެ ދާއިރާއިން ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، މިފަދަ ޕްރޮޖެކްޓްތަކުގައި އަދާކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި މެނޭޖްމަންޓާއި ސުޕަވިޜަން މަސައްކަތްތައްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ޕްރޮކިއުމަންޓުގެ އުޞޫލުތައް އެނގުމާއި، ބޭރުގެ އޭޖެންސީތަކާއި ދައުލަތުގެ ޕްރޮކިއޮމަންޓުގެ ގަވާއިދުތަކަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
އުޖޫރަ:
މުސާރަ: މަހަކު -/7،035 ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސް: 2462/25 ރުފިޔާ
މަސައްކަތުގެ މުއްދަތު:
މި މަސައްކަތުގެ މުއްދަތަކީ، 1 (އެކެއް) އަހަރުދުވަހެވެ.
ހުށަހަޅަށްޖެހޭ ލިޔުންތައް:
- ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު.
- މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތްކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި އެހެނިހެން މަޢުލޫމާތު)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން ކާޑުގެ ދެފުށުގެ ކޮޕީއެއް (ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އެޓެސްޓް ކުރެވިފައި)
ސުންގަޑި:
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖުލައި 24 ވަނަ ދުވަހުގެ 12:00 ގެ ކުރިން "އެކްސްޕްރެޝަންސް އޮފް އިންޓަރެސްޓް" ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ގްރީން ބިލްޑިންގ، މާފަންނު، ހަނދުވަރީ ހިނގުން،
މާލެ، ދިވެހިރާއްޖެ
އިތުރު މަޢުލޫމާތު:
- ވަޒީފާގެ މައްސޫލިއްޔަތާއި އެހެނިހެން ތަފްސީލް ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ www.environment.gov.mv ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރުމަށް 3018329 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
28 ރަމަޟާން 1437