މަސައްކަތް
ނަންބަރު: (IUL)438-RDS/1/2016/115
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 15:09
ސުންގަޑި: 17 ޖުލައި 2016 11:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ށ.މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ. މަރޮށި އަދި ށ. ގޮއިދޫގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދިނުމާގުޅޭ

އިޢުލާން

ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ކުނި މެނޭޖް ކުރުމުގެ މައްސަލައަށް ޙައްލު ހޯދައިދިނުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ރަށްރަށުގައި ވޭސްޓް މެނޭޖް ކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ "ސާފު ރާއްޖެ- ޒޯން 1 ސަރަޙައްދީ ކުނި މެނޭޖުކުރުމުގެ މަޝްރޫޢު" ގެ ދަށުން ކުނި މެނޭޖުކުރާ ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް 2016 ވަނަ އަހަރު ވަނީ ފަށާފައެވެ.

މަޝްރޫޢުގެ ދަށުން ށ.މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ. މަރޮށި އަދި ށ. ގޮއިދޫގެ ކުނި މެނޭޖުކުރުމުގެ މަރުކަޒަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދިނުމަށް 13 ޖޫން 2016 ކުރެވުނު ނަންބަރު (IUL)438-RDS/1/2016/86 އިޢުލާނަށް އެކަށީގެންވާ ވަރަށް ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.  

ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ އިކުއިޕްމަންޓުގެ ތަފުސީލު މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސްގައި ބަޔާންކުރެވިފައިވާނެއެވެ.

މި މަސައްކަތުގެ ޓަރމްސް އޮފް ރެފަރެންސް މި މިނިސްޓްރީގެ ވެބްސައިޓުން (www.environment.gov.mv) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ހުށަހަޅަންވީ ތަކެތި

  • އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދޭ އަގު (ޖީ.އެސް.ޓީ ހިމަނައިގެން)
  • މަސައްކަތް ނިންމޭނެ މުއްދަތު
  • ޓެކްނިކަލް ސްޕެސިފިކޭޝަން (ޓާރމްސް އޮފް ރިފަރެންސްގައި ބަޔާންކޮށްފައިވާ ތަކެތި ވަކިވަކިން އެނގޭނެގޮތަށް)
  • ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 45 ދުވަހަށް ވާންވާނެއެވެ.
  • ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ކޮޕީ، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، މިމަސައްކަތުގައި ކުންފުނީގެ ފަރާތުން މުޢާމަލާތު ކުރާނޭ ފަރާތުގެ ނަން، މަޤާމު އަދި ފޯނު ނަންބަރު) އަދި އަމިއްލަ ފަރުދެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
  • މިފަދަ މަސައްކަތެއް ނުވަތަ އެހެނިހެން މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ. އަދި ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތަކުގެ ލިޔުންތަކަށް އިސްކަންދެވޭނެއެވެ. އަދި މާކްސް ދިނުމުގައި މިފަދަ މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • ކުންފުނީގެ މާލީ ހާލަތު ބަޔާންކުރާ ލިޔުން ހުށަހަޅަންވާނެއެވެ.
  • ބީލަން ހުށަހަޅާއިރު މި މަސައްކަތަށް އަގުކުރެވޭ އަދަދުގެ މަސައްކަތްކޮށްފައިވާ ކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • މި މަސައްކަތް ކުރިއަށް ގެންދާނެ ތާވަލެއް (ވާރކް ޕްލޭން) އެށް ހުށަހަޅަންވާނެއެވެ. އަދި މި މަސައްކަތްކުރުމާއި ޝާމިލްވާނެ މުވައްޒަފުންގެ މަސައްކަތް ބެހިފައިވާގޮތުގެ ތާވަލެއް ހުށަހަޅަންވާނެއެވެ.

މި ޕުރޮޖެކްޓަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ޤަބޫލުކުރެވޭ ޕްރޮޕޯޒަލްތައް އިވެލުއޭޓު ކުރާއިރު ބެލެވޭނެ ބައިތައް

  • ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު:  60 އިންސައްތަ
  • ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު: 20 އިންސައްތަ
  • މަސައްކަތު ތަޖުރިބާ: 20 އިންސައްތަ
  • މަސައްކަތުގެ ތަޖުރިބާއަށް މާކްސް ދެވޭނީ މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

ބީލަން ހުށަހެޅުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގައި ރަޖިސްޓަރީ ކުރަންވާނެއެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ 4 ޖުލައި 2016 އިން 14 ޖުލައި 2016 އާ ދެމެދު ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން 14:00 އާ ދެމެދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ރިސެޕްޝަންގައެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ބިޑު ހުޅުވުން

މިމަސައްކަތް ކޮށްދެއްވަން ޝައުޤުވެރިވާ ފަރާތްތަކުން 17 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އަށް ބީލަން ފުރިހަމަކުރުމަށްފަހު ބަންދުކޮށްފައިވާ ސިޓީއުރައިގެ މަތީގައި "ސިއްރު" ޖައްސަވައި ޕްރޮޕޯޒަލްގެ ހާރޑްކޮޕީ އަދި ސޮފްޓްކޮޕީ ( ސީޑީގައި ) ތިރީގައިވާގޮތަށް އެޑްރެސްކޮށް ހުށަހެޅުއްވުން އެދި ދެންނެވީމެވެ.

ޕްރޮކިއުމަންޓް ޔުނިޓް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ށ.މިލަންދޫ، ށ. ކޮމަންޑޫ، ށ. މާއުނގޫދޫ، ށ. މަރޮށި އަދި ށ. ގޮއިދޫއަށް ކާދު ހެދުމަށް ބޭނުންކުރާ އިކުއިޕްމަންޓް އަދި ޑަސްޓްބިން ފޯރުކޮށްދިނުމާ ބެހޭ އިޢުލާނު ނަންބަރު: (IUL)438-RDS/1/2016/115  

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 17 ޖުލައި 2016 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ މަންދޫބުންގެ ހާޒިރުގައެވެ.

ނޯޓް:

  • މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް ލިބިގެންވެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ (20392)، ދިވެހިރާއްޖެ.

އީމެއިލް:  [email protected] , Ibrahim.rishad@environment.gov.mv

ވެބްސައިޓް: www.environment.gov.mv

04 ޖުލައި 2016