ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-181/IUL/2016/39
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 17 ޖުލައި 2016 14:00
އޮމަދޫ މަދަރުސާ/ ތ.އޮމަދޫ
ދިވެހިރާއްޖެ
ރިލީފު ޓީޗަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ރިލީފް ޓީޗަރ

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ނަންބަރު: 

މަޤާމުގެ ގިންތި: ވަގުތީ

ސަރވިސް: ޕްރޮފެޝަނަލް އޭ

 

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:  އޮމަދޫ މަދަރުސާ / ތ. އޮމަދޫ

މުސާރައާއި ސަރވިސް އެލަވަންސް:

- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ:

މުސާރަ މަހަކު -/4500 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

- މަތީ ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާނަމަ:  

މުސާރަ: މަހަކު -/5500 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

- ކިޔަވައިދިނުމުގެ ރޮނގުން ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ:

މުސާރަ: މަހަކު -/6090 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2500 ރުފިޔާ

އިތުރުގަޑި: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

ސާނަވީ  ތަޢުލީމް  ހާސިލްކޮށްފައިވުން  ނުވަތަ  މަތީ  ސާނަވީ  ތަޢުލީމް  ހާސިލުކޮށްފައިވުން  ނުވަތަ  ކިޔަވައިދިނުމުގެ  ރޮނގުން  ޤައުމީ  ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ދިވެހިރާއްޖޭގެ ޤައުމީ މުޤައްރަރުގައިވާގޮތަށް ކިޔަވައިދިނުން.

2. ސްކީމް، ލެސަން ޕްލޭން ހެދުމާއި ޓީޗިންގ އެއިޑްސް ހެދުން.

3. ޓެސްޓް ޕޭޕަރުތަކާއި ވޯކްޝީޓްތައް ތައްޔާރުކުރުން.

4. މުބާރާތްތަކަށް ދަރިވަރުން ފަރިތަކުރުވައި މުބާރާތްތައް ހިންގުމުގައި އެހީތެރިވެދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، މި މަދަރުސާގެ އިދާރާއިން ލިބެން ހުންނާނެއެވެ.)

2- ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކުރެވިފައިވާ ކޮޕީ)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.   

4- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

5- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ކުރެވިފައިވާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގެ އަސްލު (މި ލިޔުންތަކުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އޮންނަންވާނެއެވެ.)

ހުށަހަޅަންޖެހޭ ތަނާއި ސުންގަޑި:

2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އޮމަދޫ މަދަރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:މި ވަޒީފާއަށް މީހުން ޢައްޔަންކުރެވޭނީ މެރިޓްއުސޫލުންކަމަށްވާތީ، އިންޓަވިއުކުރުމެއް ނޯންނާނެއެވެ. މި ވަޒީފާއަށް މީހުން ޢައްޔަންކުރުމުގައި ބަލާނީ ހުށަހަޅާ ލިޔުންތަކަށެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ސްކޫލުގެ 6780572 ނަންބަރު ފޯނާ، ރަސްމީގަޑީގައި ގުޅުމުން، މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

29 ރަމަޟާން 1437

04 ޖުލައި 2016