މަސައްކަތް
ނަންބަރު: B-381/I-2016/32
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:34
ސުންގަޑި:
14 ޖުލައި 2016 13:00
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބަށިކޯޓަކާއި، 2 ވޮލީކޯޓާއި، ނެޓްބޯޅަކޯޓެއް އަޅައިދޭނޭ ފަރާތެއް ހޯދަން
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ:
އަމިއްލަ ތަކެތީގައި ކުޑަހުވަދޫ ސްޕޯޓްސް އެރީނާގައި ބަށިކޯޓަކާއި، 2 ވޮލީކޯޓާއި، ނެޓްބޯޅަކޯޓެއް އަޅައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އިތުރު މަޢުލޫމާތު ތިރީގައި މިވަނީއެވެ.
- މަސައްކަތާ ގުޅިގެން ދެވޭ މަޢުލޫމާތުކަރުދާހާއި ފޯމު 2016 ޖުލައި 10 ވަނަ ދުވަހުން ފެށިގެން 2016 ޖުލައި 14 ވަނަ ދުވަހުގެ 13:00 އަށް ރަސްމީގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ކަރުދާހެއްގެ އަގަކީ -/300ރ އެވެ.
- މަސައްކަތާ ގުޅޭ ޕްރީބިޑް މީޓިންގ (އިތުރު މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން) އޮންނާނީ 2016 ޖުލައި 18 ވަނަ ދުވަހުގެ 11:00ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ޖުލައި 24 ވަނަ ދުވަހުގެ 11:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގައެވެ.
- މަޢުލޫމާތު ބައްލަވައިގަންނަވާ ފަރާތްތަކާއި، އެމަޢުލޫމާތު މެއިލްގެ ޒަރީޢާއިން މުޢާމަލާތު ކުރެވިދާނެއެވެ. އަދި އަންދާސީހިސާބުގެ ކޮޕީވެސް ބަލައިގަނެވޭނެއެވެ. ނަމަވެސް 2016 އޮގަސްޓު 02 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެކުރިން އަންދާސީހިސާބުގެ އަސްލު ހުށަހަޅަންވާނެއެވެ. އަސްލު ހުށަހަޅުއްވާއިރު ކޮޕީއާއި ދިމާނުވާނަމަ، އަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.
- މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބާއި، ޕްރީބިޑް މީޓިންގއަށް (އިތުރު މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް) ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި މިމަސައްކަތް ހަވާލުކުރުމާ ހަމައަށް އެއްވެސްކަމެއްގައި ވެރިފަރާތުގެ ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ. ކުންފުންޏަކުންނަމަ ކުންފުނިން ވަކިފަރާތަކަށް ހަވާލުކޮށްފައިވާކަން އެނގޭނެ ލިޔުން ހުށަހަޅަންވާނެއެވެ.
- ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
- މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
- ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.
- މި މަސައްކަތަށް އެދި ހުށަހަޅާ ފަރާތަކީ، މީރާގައި ޓެކްސްއަށް ރަޖިސްޓަރީވެފައިވާ އަދި މިފަދަ މަސައްކަތެއްކުރުމަށް ރަޖިސްޓަރީކޮށްފައިވާ ކުންފުންޏެއް ނުވަތަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ.
މަސައްކަތުގެ ޖުމުލަ އަގު |
70% |
ފަންނީ ޤާބިލުކަން ހުރި މިންވަރަށް |
10% |
މުއްދަތު |
10% |
މާލީގޮތުން އެކަންކުރެވޭފަދަ ފެންވަރުހުރުން |
10% |
އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ. |
ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
28 ރަމަޟާން 1437
03 ޖުލައި 2016