މަސައްކަތް
ނަންބަރު: (IUL)416-ESMSPR/416/2016/56
ޕަބްލިޝްކުރި ތާރީޚް: 03 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:08
ސުންގަޑި: 11 ޖުލައި 2016 13:15
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއަރކޮންޑިޝަނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން

މިއިދާރާގެ ނަންބަރު: (IUL)416-ESMSPR/416/2016/41 (05 މޭ 2016) އިޢުލާނަށް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

އަންދާސީހިސާބު ބޭނުންވެއްޖެ!

މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މަޑަވެލީ ޞިއްޙީ މަރުކަޒުގައި އެއަރކޮންޑިޝަނެއް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ތާރީޚުގައި މިއިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ މިފުރުޞަތުގައި ދެންނެވީމެވެ.

ވަގުތު

ދުވަސް

ތާރީޚު

 

13:15

ހޯމަ

11 ޖުލައި 2016

މަޢުލޫމާތު ސާފުކުރުން

13:00

ބުރާސްފަތި

14 ޖުލައި 2016

އަންދާސީހިސާބު ހުށަހެޅުން

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

03 ޖުލައި 2016