ވަޒީފާގެ ފުރުޞަތު
ނަންބަރު: 368/IUL/2016/25
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 13 ޖުލައި 2016 12:00
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީގޮތުން މިސްކިތުގައި ބަންގިގޮވައި އިމާމްވެ ނަމާދުކޮށްދޭނެ ފަރާތްތަކާއި، ވަގުތީގޮތުން މިސްކިތް ފޮޅައި ސާފުކޮށްދޭނެ ފަރާތްތައް ހޯދުމަށް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެކިއެކި ސަބަބުތަކާހުރެ އިމާމުންނާއި، މަސައްކަތުމީހުންނަށް، މިސްކިތްތަކަށް ހާޒިރުނުވެވޭ ދުވަސްތަކުގައި، ވަގުތީގޮތުން މިސްކިތުގައި ބަންގިގޮވައި އިމާމްވެ ނަމާދުކޮށްދޭނެ ފަރާތްތަކާއި، ވަގުތީގޮތުން މިސްކިތްފޮޅައި ސާފުކޮށްދޭނެ ފަރާތްތައް ހޯދުމަށް ކުރެވުނު މި އިދާރާގެ 368/IUL/2016/12 ނަންބަރުގެ އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް، ވަގުތީ މުދިމުންނާއި، މަސައްކަތު މީހުން ހޯދުމަށް އަލުން އިޢުލާނުކުރަމެވެ. އަދި މިކަމަށް އެދޭ ފަރާތްތަކުގެ ތެރެއިން އެންމެ ޤާބިލް ފަރާތްތައް ހޮވައި، އެފަރާތްތަކާއެކު އެއްބަސްވުމެއް އެކުލަވައިލެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންކަން:

  1. އިމާމުންގެ ވަޒީފާގެ ޝަރުޠުހަމަވާ ފަރާތްތައް.
  2. މުދިމުންގެ ވަޒީފާގެ ޝަރުޠުހަމަވާ ފަރާތްތައް.
  3. މަސައްކަތުމީހުންގެ ވަޒީފާގެ ޝަރުޠުހަމަވާ ފަރާތްތައް.

ވަގުތީ މުވައްޒަފުންގެގޮތުގައި ހޮވޭ ފަރާތްތަކަށް ފައިސާދިނުމަށް ހަމަޖެހިފައިވާ ގޮތް:

#

މަޤާމް

ވަޒީފާގެ ޝަރުޠު

ދުވާލަކު މަސައްކަތްކުރަންޖެހޭ ގަޑީގެ ޢަދަދު

މަސައްކަތް ކުރާގަޑިއަކަށް

ކޮންމެ ނަމާދުވަގުތަކަށް

1

އިމާމު

ޝަރުޠު ހަމަވާނަމަ

ކޮންމެ ނަމާދުވަގުތަކަށް 1 ގަޑިއިރު ހިމެނޭގޮތަށް ދުވާލަކު 5 ގަޑިއިރު

-

39/77 ރުފިޔާ

2

މުދިމް

ޝަރުޠު ހަމަވާނަމަ

ކޮންމެ ނަމާދުވަގުތަކަށް 1 ގަޑިއިރު ހިމެނޭގޮތަށް ދުވާލަކު 5 ގަޑިއިރު

-

33/77 ރުފިޔާ

3

މުދިމް

ޝަރުޠު ފުރިހަމަނުވާނަމަ

ކޮންމެ ނަމާދުވަގުތަކަށް 1 ގަޑިއިރު ހިމެނޭގޮތަށް ދުވާލަކު 5 ގަޑިއިރު

-

33/77 ރުފިޔާ

4

މަސައްކަތު

ޝަރުޠު ހަމަވާނަމަ

ކޮންމެ ނަމާދުވަގުތަކަށް 30 މިނިޓް ހިމަނައިގެން ދުވާލަކު 6 ގަޑިއިރު

22/29 ރުފިޔާ

-

ވީމާ މި މަޤާމުތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، 2016 ޖުލައި 13 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައި ބަޔާންވެފައިވާ ލިޔުންތަކާއެކު، އަދާކުރަން ބޭނުންވާ މަޤާމު އެނގޭގޮތަށް، ސިޓީއަކުން މި އިދާރާއަށް ހުށަހެޅުން އެދެމެވެ.

1. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

2. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.

24 ރަމަޟާން 1437

29 ޖޫން 2016