ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)425-C1/1/2016/9
ޕަބްލިޝްކުރި ތާރީޚް: 28 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:50
ސުންގަޑި: 13 ޖުލައި 2016 13:30
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑޭޓާ ޕްރޮސެސިންގ އޮފިސަރ

އިޢުލާން

ޑޭޓާ ޕްރޮސެސިންގ އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

ކޯޕަރޭޓް މެނޭޖްމަންޓް / އައި.ސީ.ޓީ

ވަޒީފާ އަދާކުރަންޖެހޭތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ

މުސާރަ:      

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

ބޭނުންވާ އަދަދު:

01 (މަޤާމުގެ ނަންބަރު: J-215971)

މަޤާމުގެ ޝަރުޠު:

1- އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- އިންފޮމޭޝަން ޓެކްނޮލޮޖީ / ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3- އިންފޮމޭޝަން ޓެކްނޮލޮޖީ/ ސިސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން

މަޤާމުގެ މަސްއޫލިއްޔަތު:

 

1. އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީއާއެކު އޮފީހުގެ މަސައްކަތް އަވަސްކޮށް ފަސޭހަކުރުމަށްޓަކައި ހިންގަންޖެހޭ  އޮފީސް އޮޓޮމޭޝަން ޕްރޮޖެކްޓްތައް ހިންގުމުގައި އެހީތެރިވެދިނުން.

2. އޮފީހުގެ ސާވަރ އަޕްޑޭޓްކޮށް މެއިންޓެއިން ކުރުން.

3. އޮފީހުގެ ކޮމްޕިއުޓަރ ނެޓްވާރކް މެއިންޓެއިންކޮށް ބަލަހައްޓައި އިތުރު ކޮމްޕިޔުޓަރތަކަށް ނެޓްވާރކް ކަނެކްޝަން ދިނުމުގެ މަސައްކަތް ކުރުން.

4. އޮފީހުގެ ޕޮލިސީއާ އެއްގޮތަށް މުއައްޒަފުންނަށް ނެޓްވާރކް ރިސޯސްތަކަށް އެކްސެސް ދިނުމާއި ސެކިޔުރިޓީ ބެލެހެއްޓުން.

5. އޮފީހުގެ ކޮމްޕިޔުޓަރ ސިސްޓަމްތަކަށް ޖެހޭ މައްސަލަތައް ޙައްލުކޮށް މެއިންޓެއިން ކުރުމުގެ ކަންތައްތައް ކުރުން.

6. އޮފީހުގެ އިންޓްރާނެޓާއި އިންޓަރނެޓް މެއިންޓެއިންކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރުން.

7. އެން.ސީ.އައި.ޓީ ގެ ފޯކަލް ޕޮއިންޓެއްގެ ގޮތުގައި އީ ގަވަރމަންޓާއި އީ އެޑްމިންއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުން.

8. ސެކްޝަނުން ލިޔަންޖެހޭ އެންމެހައި ލިޔެކިޔުންތައް ލިޔެ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން. 

9. މަސައްކަތަށް ބޭނުންވާ ވަސީލަތްތައް ހޯދައި ބެލެހެއްޓުން.

10. އޮފީހުގެ ޕީ.އޭ.ބީ އެކްސް ސިސްޓަމް ބެލެހެއްޓުން

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • އިންފޮމޭޝަން ޓެކްނޮލޮޖީ/ ސިސްޓަމް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއިން ތަޢުލީމު ހާސިލުކުރައްވާ މަސައްކަތުގެ ދައިރާގައި ތަޖުރިބާ ލިބިފައިވާ ފަރާތްތައް

އުޖޫރައާއި އިނާޔަތްތައް:

  • ސިވިލް ސަރވިސްގެ ގަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އިނާޔަތް ދެވޭނެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ލެވެލްގެ ސެޓުފިކެޓުތައް ހުށަހަޅުއްވާނީ އެކްރެޑިޓް ކުރެއްވުމަށްފަހު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއެކު އެޓެޗް ކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހާ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައި)
  • ސިވިލްސަރވިސް ވަޒީފާއެއްގައިހުރި މުވައްޒަފެއްނަމަ "މުވައްޒަފުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ    ނަތީޖާއާއި ހާޒިރީ އަދި މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ހުށަހަޅުއްވަންވާނެއެވެ.
  • ސިވލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލައްވާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން
  • އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފުސީލީ ލިޔުމެއް، ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ

ވަޒީފާއަށް އެދޭ ފޯމު ހުށައެޅުން:

13 ޖުލައި 2016 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން، ހުރަވީ ބިލްޑިންގގައި ހުންނަ މާލޭ ސިޓީ ކައުންސިލުގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމު މިއޮފީހުގެ ކައުންޓަރުނާއި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ވެބްސައިޓުން ލިބެން ހުންނާނެއެވެ.

އިންޓަރވިއު އޮންނަ ދުވަހާއި ތަން:

 

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކާ އިންޓަރވިއުކުރުމަށް 20 ޖުލައި 2016 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅާނެ ވާހަކަ ދަންނަވަމެވެ. އަދި އިންޓަރވިއު ކުރިޔަށްދާނީ މާފަންނުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާގައެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމުތަކަށް އިންޓަރވިއު ކުރުމަށް ގުޅާނީ މެރިޓް އުސޫލުން ބަލައި ޝޯޓްލިސްޓް ކުރުމަށްފަހު 05 ފަރާތަށް ކަމުގައި ދަންނަވަމެވެ.
  • މި ވަޒީފާއާ ބެހޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަންބަރު 7989840 / 3306727 އަށެވެ.

23 ރަމަޟާން 1437

28 ޖޫން 2016