ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)233-CA/233/2016/14
ޕަބްލިޝްކުރި ތާރީޚް: 29 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 10:37
ސުންގަޑި: 14 ޖުލައި 2016 14:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ  

ރޭންކް:

އެމް.އެސް 3

ކްލެސިފިކޭޝން:

އެސިސްޓެންޓް ޑިރެކްޓަރ

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ޕޮލިސީ، ޕްލޭނިންގ، ރިސަރޗް އެންޑް މޮނިޓަރިންގ

ވަޒީފާ އަދާކުރަންޖެހޭ ތަން:

އއ.އަތޮޅު ކައުންސިލްގެ އިދާރާ

މުސާރަ:

-/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

-/2,000 ރުފިޔާ

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް ލޯ/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް ލޯ/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް ލޯ/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

4. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް ލޯ/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

5. އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް/ބިޒްނަސް އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް އެންޑް އޮޕަރޭޝަން/ޕްރޮޖެކްޓް މެނޭޖްމަންޓް/ބިޒްނަސް އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަން/ހިއުމަން ރިސޯސް މެނޭޖްމަންޓް/ބިޒްނަސް ލޯ/ޕަބްލިކް ރެސްޕޮންސްބިލިޓީ އެންޑް އެތިކްސް/އޮގަނައިޒޭޝަން ޑިވެލޮޕްމަންޓް/ޕަބްލިކް އެޑްމިނިސްޓްރޭޝަނުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލްތައް މޮނިޓަރ ކުރުމާއި ކައުންސިލްތަކުން ހިނގާ ހަރަކާތްތައް ވިލަރެސްކުރުމާއި އެކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން
  2. އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ ވާރކްޕްލޭން / މަސައްކަތުގެ ތާވަލް ތައްޔާރުކުރުމާއި އެކަމާގުޅޭ ގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން
  3. ކައުންސިލްތަކުގެ ޕާރފޯމިންގ އިންޑެކްސް އާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން
  4. އަތޮޅާއި ރަށްރަށުގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝިއަލް ޕްލޭން ތައްޔާރު ކުރުމާއި އެކަމާ ގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން
  5. ޕޮލިސީ، ޕްލޭނިންގ، ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓުގެ މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށް ޔުނިޓުގެ މަސައްކަތް ހިންގައި ބެލެހެއްޓުން
  6. ޕޮލިސީ، ޕްލޭނިންގ، ރިސަރޗް އެންޑް މޮނިޓަރިންގ ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތް މޮނިޓަރކޮށް މަސައްކަތު ފެންވަރު ބަލައި އެޕްރައިޒަލް ފޯމު ފުރުން
  7. ކައުންސިލުން ހަދާ އެކިއެކި ގަވާއިދުތަކާއި އުސޫލުތައް ހެދުމާއި އެކަމާގުޅޭގޮތުން ހުށަހެޅޭ މައްސަލަތައް ހިންގައި ބެލެހެއްޓުން
  8. އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު:   (ކަނޑައެޅިފައިވާ އިންސައްތަ %50)
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ:   (ކަނޑައެޅިފައިވާ އިންސައްތަ )
  3. އިންޓަރވިއު / ލިބިފައިވާ ހުނަރު:  (ކަނޑައެޅިފައިވާ އިންސައްތަ %38)

އިންޓަރވިއު އަދި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 14:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި އިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން އިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (އއ.އަތޮޅު ކައުންސިލް އިދާރާއިންނާއި، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 6660606 ނަންބަރު ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. ފެކްސް ނަންބަރަކީ،6660707 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

29 ޖޫން 2016