ވަޒީފާގެ ފުރުޞަތު
ނަންބަރު: TS/HR/IU/2016/16
ޕަބްލިޝްކުރި ތާރީޚް: 30 ޖޫން 2016
ޕަބްލިޝްކުރި ގަޑި: 14:44
ސުންގަޑި: 13 ޖުލައި 2016 13:30
ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 4 (ހަތަރެއް)

މަޤާމުގެ ކްލެފިކޭޝަނާއި ރޭންކް: އެސް. އެސް. 2

ވަޒީފާ އަދާކުރަންޖެހޭ ތަން: ތާޖުއްދީން ސްކޫލް

މުސާރަ: މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

- މަސައްކަތު މީހެއްގެ މަޤާމާ ގުޅޭ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސަންސެއް/ ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން:

- ހާސިކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން. 

- މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން.

- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން. 

- މި މަޤާމަށް މުވައްޒަފަކު ހޮވުމުގައި، ލިޔަންކިޔަން ދަންނަ މީހުންނާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތް އެނގޭ މިންވަރަށާއި، އެ މަސަޢްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ތިބި މީހުންނަށް އިސްކަންދެވޭނެއެވެ.  

ކުރަންޖެހޭ މަސައްކަތް:     

- ސްކޫލުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.

- ސްކޫލުގެ ގޯތިތެރެއާއި ކްލާސްތައް ކުނިކަހައި ސާފުކުރުން.  

ހުށަހަޅަންޖެހޭ ތަކެތި: 

- ފުރިހަމަކޮށްފައިވާ  އެޕްލިކޭޝަން  ފޯމު (ވަޒީފާއަށް  އެދޭ  ފޯމު،  މި  ސްކޫލުގެ  ކައުންޓަރުން  ލިބެން  ހުންނާނެއެވެ.  އަދި  މި  ސްކޫލުގެ thaajuddeenschool.edu.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

- ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި ތައްގަނޑު ޖަހާފައިވާ ލިއުމުގެ ކޮޕީ) 

- މަސއްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިއުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.

- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ސީވީ (ގުޅޭނެ ފޯނު ނަންބަރާއެކު)

ވަޒީފާއަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު:

މި  އިޢުލާނާ  ގުޅިގެން  މި  މަޤާމާ  ކުރިމަތިލާ  ފަރާތްތަކުގެ  ތެރެއިން  ޝަރުޠު  ހަމަވާ  ފަރާތްތަކަށް  އިންޓަވިއު/ޕްރެކްޓިކަލް  އޮންނާނީ، މި އިޢުލާނަށް މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ތާޖުއްދީން ސްކޫލުގައެވެ. އެފަރާތްތަކަށް ތާރީޚާއި ގަޑި އެންގޭނެއެވެ.
ސުންގަޑި:       

މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2016 ޖުލައި 13 ވަނަ ދުވަހުގެ މެންދުރުފަހު 1.30 ގެ ކުރިން، މި ސްކޫލުގެ އޮފީހަށް، ވަޒީފާއަށް އެދޭ ފޯމު، މަތީގައި ބަޔާންކޮށްފައިވާ ލިއުންތަކާއެކު ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިއުންތައް ހުށަހަޅާނީ، ތާޖުއްދީން ސްކޫލުގެ ކައުންޓަރަށެވެ.

އިތުރު މަޢުލޫމާތު ހޯދަން ހަދަންޖެހޭ ގޮތް:

އިތުރު މަޢުލޫމާތު ސާފުކުރުމަށް 3317318 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

25 ރަމަޟާން 1437

30 ޖޫން 2016