ދިވެހިރާއްޖެ
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
މެނޭޖްމަންޓް އިމްޕްލިމެންޓޭޝަން ސަޕޯޓް ކޮންސަލްޓެންޓް (ލޯކަލް) - ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢު
[RFP No: PSSP/3/C/03-4]
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ކުރިއަށްގެންދާ ދައުލަތުގެ މާލީނިޒާމު ބެލެހެއްޓުން ހަރުދަނާ ކުރުމުގެ މަޝްރޫޢަށް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (އައި.ޑީ.އޭ) އިން ވަނީ ހިލޭ އެހީއެއް ލިބިފައެވެ. އަދި މިމަޝްރޫޢުގެ ދަށުން މެނޭޖްމަންޓް އިމްޕްލިމެންޓޭޝަން ސަޕޯޓް ކޮންސަލްޓެންޓެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު (IUL)13-PMU/13/2016/95 އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، މިމަސައްކަތަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރުމާއި ހާމަކަންބޮޑު ގޮތެއްގައި ސެންޓްރަލް ގަވަރންމެންޓް ފައިސާއާބެހޭ މުޢާމަލާތްތައް ރިޕޯޓްކުރުމެވެ.
މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރްޜަރީން ހުޅުވާލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތްކޮށްދިނުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެ ގޮތުން ދާއިރާއިން ކޮށްފައިވާ މަސައްކަތުގެ ތަފުސީލު، މިފަދަ މާހައުލުތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ތަޢުލީމީ ފެންވަރާއި ހުނަރު، އަދި އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރެއް ހުށަހަޅަންވާނެއެވެ.
މެނޭޖްމަންޓް އިމްޕްލިމެންޓޭޝަން ސަޕޯޓް ކޮންސަލްޓެންޓަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި އަންނަނިވި ޝަރުޠުތައް ފުރިހަމަވާންވާނެއެވެ.
ހ) އެކައުންޓިންގ/ ފައިނޭންސް، އިކޮނޮމިކްސް ނުވަތަ އެއާ ގުޅުންހުރި ދާއިރާއަކުން މާސްޓަރސް ޑިގްރީ ނުވަތަ އެއާ އެއްވަރުގެ ތަޢުލީމެއް ހާސިލުކޮށްފައިވުން.
ށ) ޕަބްލިކް ފައިނޭންސް ދާއިރާއިން މަދުވެގެން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން؛
ނ) މިނިސްޓްރީ އޮފް ފިނޭންސް ނުވަތަ ގުޅުންހުރި ދާއިރާއެއްގައި ޕޮލިސީ އެޑްވައިޒަރީ ރޯލެއް އަދާކުރުމުގެ ތަޖުރިބާ ލިބިފައިވުން
މި މަސައްކަތަށް ފަރާތެއް ހޮވުމުގައި ޢަމަލުކުރާނީ، ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބެލެވިގެން، ވާރލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް ކޮންސަލްޓެންޓުން ހޯދުމަށް އެފަރާތުން ޖަނަވަރީ 2011ގައި ތައްޔާރުކޮށް ޖުލައި 2014ގައި އިޞްލާޙުކުރެވިފައިވާ ގައިޑްލައިނާ އެއްގޮތަށެވެ.
މިމަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު 2 (ދޭއް) އަހަރުދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކުރެވޭނެއެވެ. އަދި މިމަސައްކަތަށް ހޮވޭ ފަރާތުން 2 (ދޭއް) މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތެއް ފުރިހަމަކުރަން ޖެހޭނެއެވެ.
މިމަސައްކަތަށް ހޮވޭ ފަރާތަށް، އެފަރާތެއްގެ ޤާބިލުކަމާއި ތަޖުރިބާއަށް ބެލުމަށްފަހު އަހަރަކު 30,000.00 އާއި 35,000.00 ޔޫ.އެސް.ޑޮލަރާ އެއްވަރުގެ ދިވެހިރުފިޔާ ލިބޭނެއެވެ.
މިމަސައްކަތާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރ) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ. އަދި މިމަސައްކަތާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.
ޙައްވާ ރިޝްދާ މުޙައްމަދު
ޕްރޮޖެކްޓް ކޯޑިނޭޓަރ
ޕަބްލިކް ފައިނޭންޝިއަލް މެނޭޖްމަންޓް ސިސްޓަމްސް ސްޓްރެންތަނިންގ ޕްރޮޖެކްޓް.
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ،
ޓެލެފޯން: 3349322 ، 3349266،
ފެކްސް:، 3324432،
އީމެއިލް:[email protected]