ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. ތިރީގައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)13-K1/13/2016/110 އިޢުލާނުގައިވާ މަސައްކަތްތަކުގެ ތެރެއިން ޕްރޮޖެކްޓް ނަންބަރު TES/2016/87 ގެ މަސައްކަތުގެ ނަމަށް ބަދަލު އައިސްފައިވާތީ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
2. އިޢުލާން ނަންބަރު (IUL)13-K1/13/2016/110 އާ ގުޅިގެން މި މަސައްކަތްތަކަށް ރަޖިސްޓަރީވެފައިވާ ފަރާތްތަކުން އަލުން ރަޖިސްޓަރީވާކަށް ނުޖެހޭނެއެވެ.
|
މަސައްކަތް |
ވެރިފަރާތް |
ޕްރޮޖެކްޓް ނަންބަރު |
ބިޑް ސެކިޔުރިޓީ އަދަދު |
|
ޅ.ނައިފަރު މަދަރުސަތުލްއިފްތިތާޙުގެ 10 ކްލާސްރޫމާއި، ސްޓާފް ރޫމާއި އޭ.ވީ ރޫމް ޢިމާރާތްކުރުމުގެ މަސައްކަތް |
މިނިސްޓްރީ އޮފް އެޑިޔުކޭޝަން |
TES/2016/W-87 |
-/40,000 ރ |
|
ޅ.ހިނންނަވަރު ޞިއްޙީ މަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް |
މިނިސްޓްރީ އޮފް ހެލްތު |
TES/2016/W-86 |
-/50,000 ރ |
3. ބީލަން ހުށަހަޅާއިރު ތާވަލުގައި ހިމެނޭ ހުރިހާ މަސައްކަތްތަކަށް އަގު ހުށަހަޅަން ވާނެއެވެ.
4. މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކުގެ ތެރެއިން ކޮންމެވެސް އެއް ގްރޭޑަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
GC01-2, ،GC01-1 އަދި ,GC01-3
5. މި ބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ) ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 26 ޖޫން 2016 އިން 20 ޖުލައި 2016 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް (ރަމަޟާން މަހުގައި ނަމަ 10:30 އިން 13:30 އަށް) މި މިނިސްޓްރީ އިންނެވެ. ބީލަން ފޮތްތައް ސޮފްޓްކޮޕީ ފޯމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
6. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީ މަތީގައިވާ ތާވަލުގައިވާ އަދަދަށް ކޮންމެ މަސައްކަތަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. ޕާރފޯމަންސް ސެކިޔުރިޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ % 5 އެވެ. އެޑްވާންސް ޕޭމަންޓްގެ ގޮތުގައި ކޮންޓްރެކްޓް އަގުގެ % 15 އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ހުށަހެޅުމުން ލިބޭނެއެވެ.
7. މި ޕްރޮޖެކްޓުތަކުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. މި ޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2016 ޖުލައި 12 ވާ އަންގާރަ ދުވަހުގެ 13:30ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.
8. ބީލަން ހުޅުވުން އޮންނާނީ 2016 ޖުލައި 21 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މި މިނިސްޓްރީގެ ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައިއެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަމާއި، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕަބްލިކް ޕްރޮކިޔުމަންޓް ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349102 3349106
ފެކްސް: 3320706 3324432
އީމެއިލް: [email protected]
ކޮޕީ: [email protected]