ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS118/2016/26
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 13:47
ސުންގަޑި: 18 ޖުލައި 2016 13:00
މިލަދުންމަޑުލު ދެކުނުބުރީ ފޮއްދޫ ސުކޫލް
ދިވެހިރާއްޖެ
ވޮޗަރ (ވޭޖު އެމްޕްލޯއިމަންޓް)

އިޢުލާން

މަޤާމު:

ވޮޗަރ (ވޭޖު އެމްޕްލޯއިމަންޓް)

ބޭނުންވާ އަދަދު:

01

 ސެކްޝަން: އިދާރީ

މުސާރަ:

ނުކުންނަ ކޮންމެ ދުވަހަކަށް -/170 ރުފިޔާ

މުއްދަތު:

6 މަސްދުވަސް

ވަޒީފާ އަދާކުރަންޖެހޭ ތަން:   

ފޮއްދޫ ސްކޫލް

ނ.ފޮއްދޫ، ދިވެހިރާއްޖެ

މަޤާމުގެ ޝަރުޠު:

- އަސާސީ ތަޢުލީމުގެ ފެންވަރަށް ލިޔަންކިޔަން ދަންނަ މީހެއްކަމުގައިވުން.

- ޢުމުރުން 18 އަހަރު ފުރި، 65 އަހަރު ނުފުރޭ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭ، ޞިއްޙަތު ރަނގަޅު ދިވެހި ރައްޔިތެއްކަމުގައިވުން.

- ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި ޤާނޫނީ ނުވަތަ ޝަރުޢީ ކުށެއްކުރިކަން ޝަރީޢަތަށް ސާބިތުވެފައިނުވާ ފަރާތްތެއް ކަމުގައިވުން.

- މަސްތުވާ ތަކެތީގެ މައްސަލައެއްގައި ނުވަތަ ބަދުއަޚުލާޤީ މައްސަލައެއްގެ ތުހުމަތު ކުރެވިފައިވާ މީހެއްކަމުގައި ނުވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ސްކޫލުން ކަނޑައަޅާ ވަގުތުތަކުގައި ސްކޫލް ޢިމާރާތްތަކާއި ތަކެތި ބެލެހެއްޓުން.

- ސްކޫލުގައިވާ ގަސްތަކާއި ޕާކުތައް ކޮށައި ބެލެހެއްޓުން.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު (އިންޓަރވިއުކޮށްގެން ބަލައި ކަށަވަރުކުރާ ބައި)

މަޤާމަށް މީހުން ހޮވުމަށް އިންޓަރވިއުކުރުން

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ އިޢުލާނުގެ މުއްދަތު ހަމަވާ ތާރީޚުން ފެށިގެން 07 ދުވަހުގެ ތެރޭގައި ފޮއްދޫ ސްކޫލުގައެވެ.

- އިންޓަރވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓްކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވެލައްވާ ފަރާތްތަކުން ތިރީގައިވާ ލިޔުންތަކާއެކު 2016 ޖުލައި 18 ވާ ހޯމަ ދުވަހުގެ 13.00 ގެ ކުރިން ސިޓީއަކުން މި ސްކޫލަށް ހުށަހެޅުއްވުން އެދެމެވެ.

1. ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)

2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ

3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)

4. ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ ވަޒީފާގައި އޮތް މަސްއޫލިއްޔަތު އަދި ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުއްވުން.

އިތުރު މަޢުލޫމާތު

  • މިމަޤާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 65 އަހަރުވެފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
  • އެކްރެޑިޓްނުކޮށް ހުންނަ ސެޓުފިކެޓުތަކާއި ލިޔުންތަކަށް މާކްހެއް ނުދެވޭނެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6560570 ނުވަތަ 6561807 އެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016