ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-K(T)/FNK/IUL/2016/071
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:44
ސުންގަޑި: 10 ޖުލައި 2016 00:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޑީސަލް ބައުޒަރުގެ ކެބިނެއް ހޯދުމާބެހޭ

އިޢުލާން

ޑީސަލް ބައުޒަރުގެ ކެބިނެއް ހޯދުމާބެހޭ

ލ. ގަމާއި ފޮނަދޫއަށް ޑީސަލް އެޅުމަށް ބޭނުންކުރާ މި ކުންފުނީގެ ޑީސަލް ބައުޒަރު (ބައުޒަރު މޮޑެލް ނަންބަރު: FT418NS އިންޖީނު: MITSUBISHI) މަރާމާތު ކުރުމަށް ސެކަންޑް ހޭންޑް ކެބިނެއް ހޯދަން ކުރެވުނު ނަންބަރު:FNK-K(T)/FNK/IUL/2016/064 (13 ޖޫން 2016) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެ އިޢުލާން ބާޠިލުކުރުމަށްފަހު، މި ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 10 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ މި ކުންފުނީގެ ހެޑް އޮފީހުގެ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ޖަލްސާކުރާ މާލަމުގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތްތަކުގެ ހާޒިރުގައެވެ.

މި ބިޑުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ހަމައެކަނި ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމަތަށްޓަކައި ދެންނެވީމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016