މުބާރާތް
ނަންބަރު: (IUL)438-CCS/438/2016/168
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 12:38
ސުންގަޑި: 19 ޖުލައި 2016 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީ ކުރެހުމުގެ މުބާރާތް 2016

"އެނަރޖީ އެފިޝެންސީ" ކުރެހުމުގެ މުބާރާތް 2016

އިޢުލާން ނަންބަރު  (IUL)438-GGRS/438/2016/137(01 ޖޫން 2016) އަށް ހަވާލާދީ ދަންނަވަމެވެ. މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެށްޓާބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫޢު، ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސްގެ ފަރާތުން ހުޅުވާލާފައިވާ "އެނަރޖީ އެފިޝެންސީ ކުރެހުމުގެ މުބާރާތް 2016" އަށް ކުރެހުން ހުށަހެޅުމުގެ މުއްދަތު ގިނަ ސްކޫލްތަކެއްގެ އެދުމުގެ މަތިން އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ. މިގޮތުން 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މިމުބާރާތުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ ގޮތުގެ މަތިން ކުރެހުން ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ހަވާލާދެވިފައިވާ އިޢުލާނާ ގުޅިގެން މިހާތަނަށް ހުށަހަޅާފައިވާ ކުރެހުންތައް އަލުން ހުށަހަޅަން ނުޖެހޭނެ ވާހަކަ ދަންނަވަމެވެ.

މި މުބާރާތަކީ އާންމު ފަރުދުންގެ މެދުގައި ކްލައިމެޓް ޗޭންޖް އަދި އެނަރޖީ އެފިޝެންސީއަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބޭއްވޭ މުބާރާތެކެވެ. މި މުބާރާތުގެ ކެޓެގަރީތަކުން އެއްވަނައަށް ހޮވާ ކުރެހުންތައް ގާރލްގައިޑްސް އަދި ސްކައުޓުން ހޭލުންތެރިކުރުމަށް ތަޢާރުފުކުރުމަށް ހަމަޖެހިފައިވާ އެނަރޖީ އެފިޝެންސީ ބެޖް ޑިޒައިންކުރުމަށް ބޭނުންކުރާނެއެވެ.

ކުރެހުންތައް ހުށަހެޅޭނެ ކެޓަގަރީތައް

ކެޓަގަރީ 1 : 6 އަހަރާއި 9 އަހަރާ ދެމެދު

ކެޓަގަރީ 2 : 10 އަހަރާއި 11 އަހަރާ ދެމެދު

ކެޓަގަރީ 3 : 12 އަހަރާއި 17 އަހަރާ ދެމެދު

ކެޓަގަރީ 4 : 18 އަހަރާއި 25 އަހަރާ ދެމެދު

ވަނަތަކާއި އިނާމުތައް ކަނޑައެޅިފައިވާ ގޮތް

މުބާރާތުގެ ކޮންމެ ކެޓަގަރީއަކުން 2،1 އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ކޮންމެ ކެޓަގަރީއަކުން ވަނަ ލިބޭ ފަރާތްތަކަށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް އިނާމުތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

1 ވަނަ އަށް -/2,500 ރުފިޔާގެ ގިފްޓް ވައުޗަރެއް
2 ވަނަ އަށް -/1,000 ރުފިޔާގެ ގިފްޓް ވައުޗަރެއް
3 ވަނަ އަށް -/500 ރުފިޔާގެ ގިފްޓް ވައުޗަރެއް

މި މުބާރާތަށް ހުށަހެޅާ ކުރެހުންތައް ހުންނަންވާނީ މި މުބާރާތުގެ މައުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ގޮތަށެވެ. މުބާރާތުގެ މައުލޫމާތު ކަރުދާސް މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި މިނިސްޓްރީގެ ވެބްސައިޓް http://www.environment.gov.mv  އަދި  މިނިސްޓްރީގެ ފޭސްބުކް ޕޭޖް "facebook.com/environment.gov.mv" އިން ޑައުންލޯޑް ކުރެއްވޭނެ ވާހަކަ ދަންނަވަމެވެ.

މި މުބާރާތަށް ހުށަހަޅާ ކުރެހުންތަށް ބަލައިގަންނާނެ; އެންމެފަހު ތާރީޚަކީ  2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ ހެނދުނު 12:00 އަށެވެ. މި މުއްދަތުގެ ފަހުން ހުށަހަޅާ ކުރެހުންތައް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

މި މުބާރާތަށް ކުރެހުންތައް ހުށަހަޅާނީ ފުރިހަމަ ކޮށްފައިވާ ރެޖިސްޓްރޭޝަން ފޯމާއި ކުރެހުމުގެ އަސްލު ބަންދުކޮށްފައިވާ A4 ސައިޒުގެ ސިޓީއުރައިގައި ތިރީގައިވާމިވާ އެޑްރެހަށެވެ. ސިޓީއުރައިގެ ބޭރުގައި މުބާރާތުގެ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ މަޢުލޫމާތުތައް ހިމަނަންވާނެއެވެ. މަޢުލޫމާތު ފުރިހަމަ ނޫން ރެޖިސްޓްރޭޝަން ފޯމާއެކު ހުށަހަޅާ ކުރެހުންތައް މުބާރާތުގައި ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018300 (960)+ , 3018201 (960)+

04 ޖުލައި 2016