މަސައްކަތް
ނަންބަރު: (IUL)229-IED/229/2016/23
ޕަބްލިޝްކުރި ތާރީޚް: 04 ޖުލައި 2016
ޕަބްލިޝްކުރި ގަޑި: 10:54
ސުންގަޑި: 11 ޖުލައި 2016 13:00
މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

ސަރުކާރުގެ ސްޕޯޓްސް މެނިފެސްޓޯގެ ދަށުން މި އަތޮޅު ހުޅުދުއްފާރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން:

ސުރުޚީގައި ދެންނެވިފައިވާ މަސައްކަތް މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ 2016 ޖުލައި 11 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށެވެ. އަދި ޕްރޮޕޯޒަލް ހުށަހެޅުން އޮންނާނީވެސް ރ. އަތޮޅު ކައުންސިލްގެ އިދާރާގައި 2016 ޖުލައި 17 ވާ އާދީއްތަ ދުވަހުގެ 13:30 ގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ބޭފުޅަކަށް މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންނެވެންނެތްފަދަ ޙާލަތެއް ދިމާވެއްޖެނަމަ، ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވިކަން އެނގޭނޭ ސިޓީއެއް، އަދި ކުންފުންޏަކުން ފޮނުވާނަމަ، ތަމްސީލުކުރަނީ ކޮންކުންފުންޏެއްކަން އެނގޭނޭ، ކުންފުނީގެ ލެޓަރހެޑުގައި ލިޔެފައިވާ ސިޓީއެއް ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދި ދަންނަވަމެވެ. މި މަސައްކަތަށް އެދި ހުށައަޅާ ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހުގައެވެ. މި މަސައްކަތަށް އެދި ހުށަހަޅުއްވާ ސިޓީއުރައިގެ ބޭރުގައި "ހުޅުދުއްފާރުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ބަށިކޯޓުގެ މަސައްކަތާ ބެހޭ ޕްރޮޕޯޒަލް" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕްރޮޕޯޒަލް ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި އިދާރާގެ 6580027 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

29 ރަމަޟާން 1437

04 ޖުލައި 2016