ދިވެހިރާއްޖެ
އިޢުލާން
ގއ.ވިލިނގިލި ޒުވާނުންގެ މިއުޒިކްރޫމާއި އިންޑޯހޯލް ހިމެނޭ އިމާރާތް މަރާމާތުކުރުން
ގއ. ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ މިއުޒިކްރޫމާއި އިންޑޯހޯލް ހިމެނޭ އިމާރާތުގައި ކުރަންޖެހިފައިވާ މަރާމާތުތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ޖުލައި 13 ވާ އަންގާރަދުވަހުގެ 13:00 އަށް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ޖުލައި 19 ވާ އަންގާރަދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި އަދި ގަޑިޖެހިގެން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި އަދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މިމަސައްކަތަށް ހުށަހެޅޭ އަންދާސީހިސާބުތައް އިވެލުއޭޓްކޮށް މާކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
- މަސައްކަތުގެ ޖުމްލަ އަގަށް ދެވޭ މާކްސް %60
- ހުށަހަޅާ މުއްދަތަށް ދެވޭ މާކްސް % 15
- ލިބިފައިވާ ތަޖުރިބާ އަށް ދެވޭ މާކްސް % 10
- މާލީ ތަނަވަސްކަމަށް % 10
މިހެންވެ މިކަން އާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
24 ރަމަޟާން 1437